ރެސިޕީ

ދެން ރެސިޕީ: ފްރެންޗް ބްރެޑް ޕިއްޒާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާތަކެތި:

1 ބޮނޑި ފްރެންޗް ޕާން

Ads by Sosun Fihaara

4 މޭޒުމަތީ ސަމުސާ ބަޓަރ (މެލްޓް ކޮއްފަ)

2 ކްލޯވް ލޮނުމެދު

1 ކަޕް ޕިއްޒާ ސޯސް

1/2 1 މޮޒަރެއްލާ ޗީޒް (ޝްރެޑް ކޮއްފަ)

ބީފް ޕެޕަރޯނީ

ރެޑް ޕެޕަ ފްލޭކްސް

ތައްޔާރުކުރާނެގޮތް:

ޕާން ތަކުގައި މެލްޓް ކޮއްފައިވާ ބަޓަރު ލާފައި 10 މިނަޓު ވަންދެން އަވަނުގައި ޓޯސްޓް ކޮއްލާށެވެ. ޓޯސްޓް ކުރާނީ އަވަން 190 ގެ ހޫނު މިނުގައި ބަހައްޓައިގެންނެވެ.

އަވަނުން ޕާން ނެގުމަށް ފަހު އެޔަށް އަޅާނީ ޓޮޕިން ތަކެވެ. ފުރަތަމަ ޕިއްޒާ ސޯސް އަދި މޮޒަރެއްލާއެވެ. އޭގެ މައްޗަށް ދެން އަޅާނީ ސްލައިސް ކޮއްފަ ހުރި ޕެޕަރޯނީ އާއި ޗިލީ ފްލޭކްސްއެވެ.

އެސެމްބްލް ކޮއްފައިވާ ބްރެޑް ޕިއްޒާ ތަކަށް އަޅާފަ ހުރި ޗީޒްތައް މެލްޓް ވަންދެން އަވަނުގައި ފިހެލާށެވެ. ނިމުމުން އޭގެ މައްޗަށް ބޭސިލް ފަތް ނުވަތަ ޕާމެޒާން ޗީޒް އެޅިދާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!