ރެސިޕީ

ދެން ރެސިޕީ: މެކްސިކަން ޗީޒް ކެސެރޯލް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާތަކެތި:

ކުކިން ސްޕްރޭ
މެދު ވަރުގެ 1 ފިޔާ
1 ހަލަޕީނިޔޯ (އޮއްތައް ނަގާ ތުނިކޮށް ކޮށާފައި)
2 ކްލޮވް ލޮނުމެދު (ތުނިކޮށް ކޮށާފަ)
3 ތަށި ފެނުކެއްކި ބޯންލެސް ކުކުޅު
1 ދަޅު ބްލެކް ބީންސް
1 ދަޅު ޒުވާރި
1/2 1 ސައި ސަމުސާ ލޮނު
1 ސައި ސަމުސާ މުގުރި މިރުސް
1 ސައި ސަމުސާ ދިރި
1/2 ސައިސަމުސާ އަސޭމިރުސް
1 ދަޅު ޓޮމާޓޯ
1 ދަޅު ކްރީމް އޮފް ޗިކަން ސޫޕް
2 ތަށި ފިސް ކުރި ޓޯރޓިއަރ ޗިޕްސް
1/2 1 ތަށި ޗެޑަރ ޗީޒް (ޝްރެޑް ކޮއްފަ)
ފްރެޝް ސިލާންޓްރޯ، ޓޮމާޓޯ އަދި އެވަކާޑޯ

Ads by WAMCO

ތައްޔާރުކުރާނެގޮތް:

އެންމެ ފުރަތަމަ ތަވައެއްގައި މަޑު ގިނީގައި ތެޔޮ ހޫނުކޮށްލާށެވެ. ތަވަޔަށް ފިޔާ އެޅުމަށް ފަހު ދޭތެރެ ދޭތެރެއިން ހަލާލަމުން 5 މިނެޓު ވަންދެން ރޯ ފިލުވާލާ ރަތް ކުރާށެވެ. ދެން ހަލަޕީނިޔޯ އާއި ލޮނުމެދު ކޮޅު ވެސް ތަވާގެ ތެރެއަށް އަޅާލައި 1 މިނެޓު ވަންދެން ކައްކާލާށެވެ. އެއަށްފަހު ދެން އަޅާނީ ފެނުކެއްކި ކުކުޅު، ބީންސް، ޒުވާރި، މުގުރި މިރުސް، ދިރި، އަސޭމިރުސް އަދި ލޮނު ކޮޅެކެވެ. ދޭތެރެ ދޭތެރެއިން ހަލާލަމުން ހުރިހާ އެއްޗެއް ކައްކާލާށެވެ. ދެން ޓޮމާޓޯ އާއި ސޫޕް އެޅުމަށް ފަހު ރަނގަޅަށް އެއްކޮށްލާށެވެ.

ޓްރޭ އެއްގައި ބަޓަރ ނުވަތަ ތެޔޮ ހާކާލުމަށްފަހު ކުކުޅު މިކްސްޗަރގެ ދެބައި ކުޅަ އެއްބައި ފަތުރާލާށެވެ. އޭގެ މައްޗަށް ޓޯޓިއަރ ޗިޕްސް އަދި ޝްރެޑް ކޮއްފައިވާ ޗެޑަރ ޗީޒް އަޅާލާށެވެ. ބާކީ ހުރި ކުކުޅު މިކްސްޗަރ، ޗިޕްސް އަދި ޗެޑާ ޗީޒް އާއި އެކު މި ސްޓެޕް ތަކުރާރު ކުރާށެވެ.

ކެސެރޯލް އަވަނަށް ލާފައި 30-25 މިނެޓު ވަންދެން 180 ގެ ހޫނުމިނުގައި ފިހެލާށެވެ.

އަވަނުން ނެގުމަށް ފަހު އޭގެ މައްޗަށް ސިލާންޓްރޯ، ޓޮމާޓޯ، އެވޮކާޑޯ، އަދި ހަލަޕީނިޔޯ އަޅާލީމަ މި ޑިޝް ތައްޔާރު ވީއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!