ރެސިޕީ

ދެން ރެސިޕީ: ޗިކަން ކޭސަޑިއާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާތަކެތި:

250 ގްރާމް ސްކިންލެސް ބޯންލެސް ޗިކަން ބްރެސްޓް
1/2 މޭޒުމަތީ ސަމުސާ ޗިލީ ޕައުޑާ
1/2 މޭޒުމަތީ ސަމުސާ ކިއުމިން ޕައުޑަރ
1/2 މޭޒުމަތީ ސަމުސާ އަސޭމިރުސް
1/4 މޭޒުމަތީ ސަމުސާ ލޮނުމެދު
1 މީޑިއަމް ފިޔާ
3 ލޮނުމެދު 1 ލުނބޯ

Ads by Sosun Fihaara

1/2 ބެލް ޕެޕަރ
1 މޭޒުމަތީ ސަމުސާ ތެޔޮ
1 މޭޒުމަތީ ސަމުސާ ޗިލީ ސޯސް
1/2 މޭޒުމަތީ ސަމުސާ ޗިލީ ޕައުޑާ
1 މޭޒުމަތީ ސަމުސާ ހިކި މިކްސްޑް ހަރބްސް
1/2 މޭޒުމަތީ ސަމުސާ ލޮނުމެދު
1 މޭޒުމަތީ ސަމުސާ ފެން
1 ޖޯޑު ކޮށާފައި ހުރި މޮޒަރެލާ ޗީޒް
4 ޓޯޓިލާސް (7 އިންޗީގެ ޓޯޓިލާސް ހިމެނޭ ކުޑަ ޕެކެޓް)

ތައްޔާރުކުރާނެގޮތް:

ޗިކަން ބްރެސްޓް ބައިޓް ކިއުބްތަކަށް ކޮށާލާށެވެ. ތަވައަކަށް ޗިކަން، މިރުސް ޕައުޑާ، ކިއުމިން ޕައުޑާ، އަސޭމިރުސް، ލޮނުމެދު އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. ފިޔާ, ބެލް ޕެޕަރ ތުނިކޮށް ކޮށާލާށެވެ. ތަވައެއްގައި 1 މޭޒުމަތީ ސަމުސާ ތެޔޮ ހޫނުކޮށްލާށެވެ. ޗިކަން އެޅުމަށްފަހު މީޑިއަމް ހައި ހީޓްގައި 6 ނުވަތަ 7 މިނެޓު ވަންދެން ކައްކާލާށެވެ. އެހެން ތައްޓަކައި އަޅައި އެއްފަރާތްކޮށްލާށެވެ.

ހަމަ އެ ތަވައަށް 1 މޭޒުމަތީ ސަމުސާ ތެޔޮ އަޅާފައި ފިޔާ، ލުނބޯ، ބެލް ޕެޕަރ އެއްކޮށްލުމަށްފަހު 4 މިނެޓު ވަންދެން ނުވަތަ ފިޔާ ރަތްވަންދެން ކައްކާލާށެވެ.
ޗިލީ ސޯސް، ޗިލީ ޕައުޑާ، މިކްސްޑް ހާބްސް، ލޮނުމެދު އަދި ފެން އަޅާލާށެވެ. އެއް މިނެޓު ވަންދެން އެއްކޮށްލުމަށްފަހު ކައްކާލާށެވެ.

ޗިކަން އެޅުމަށްފަހު އެއްކޮށްލުމަށް ފަހު އިތުރު މިނެޓެއް ވަންދެން ކައްކާލާށެވެ.
ތަށީގެ ތެރެއަށް 1 ޖޯޑު ކޮށާފައި ހުރި މޮޒަރެލާ ޗީޒް އަދި 1 ޖޯޑު ކުދިކޮށް ކޮށާފައި ހުރި ޗެޑާ ޗީޒް އަޅާލާށެވެ. އެއްކޮށްލުމަށްފަހު ހަތަރު ބަޔަކަށް ބަހާލުމަށްފަހު އެއްފަރާތުގައި ބަހައްޓާށެވެ.

ތަށީގައި ޓޯޓިލާ އެއް ބާއްވާލުމަށްފަހު ޗީޒް މިކްސްޗާގެ އެއްބައި ނަގައި، އައިގެ ދެބައިކުޅަ އެއްބައި އުނގުޅާލާށެވެ. ޗީޒް މިކްސްޗަރުގެ މަތީގައި ފިލިންގެ ހަތަރުބައިކުޅަ އެއްބައި ބަހައްޓާފައި ފިލިންގގެ މަތީގައި ޗީޒް ބައިގެ އަނެއް ބައި އުނގުޅާލާށެވެ. އެއަށްފަހު ޓޯޓިލާ ދެބައިކުޅަ އެއްބަޔަށް ފޯލްޑްކޮށް، ފިލިން ވަށާލާށެވެ. ޓޯޓިލާސް، ފިލިން އަދި ޗީޒް ހުސްވަންދެން ތަކުރާރުކުރާށެވެ.

ތަވައެއް ހޫނުކޮށްލުމަށްފަހު ބްރަޝް ބޭނުންކޮށްގެން 1/2 މޭޒުމަތީ ސަމުސާ ބަޓަރު ފަތުރާލާށެވެ. އޭގެ މަތީގައި އެއް ރެޕް ބެހެއްޓުމަށްފަހު 3 މިނެޓު ވަންދެން ފްލިޕްކޮށްގެން ދެފަރާތް މުރަނަކޮށްލާށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!