ލައިފްސްޓައިލް

ހެޔޮ ނުވާނެ، މާބަނޑު ދުވަސްވަރު ތަދުކަނޑުވާ ބޭސް ނުކާތި!

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މީހަކު ބަލިވެ އިންކަން އެނގޭއިރަށް އާއިލާގެ މީހުންނާއި އެކުވެރިން އެމީހަކަށް ތަފާތު ނަސޭހަތްތައް ދޭން ފަށާނެއެވެ. ގިނަ ބަޔެއްގެ ނަސޭހަތް އަޑުއެހުމަކީ ފަހަރެއްގައި ތަންކޮޅެއް ބޮލަށް އުނދަގޫ ކަމަކަށް ވެދާނެ އެވެ. ނަމަވެސް ވަރަށް ގިނަ ފަހަރަށް، މާބަނޑު މީހުން ގިނަ ބަޔަކު ބުނާ ގޮތަށް ކަންތައް ކުރެވޭތޯ ބަލަ އެވެ. ބަނޑުގައިވާ ދަރިފުޅަށް ޓަކައެވެ.

Ads by STELCO

މެއިލް އޮންލައިންގައި ޝާއިއުކޮށްފައިވާ ރިޕޯޓެއް ބުނާ ގޮތުން މާބަނޑު ދުވަސްވަރަކީ ބަލިވެ އިނދެގެން އުޅޭ އަންހެންމީހާއަށް ހިތް ނުތަނަވަސްކަމާއި ކަންބޮޑުވުން ވެސް ދިމާވާ ދުވަސްވަރެކެވެ. އަމިއްލަ ސިއްހަތަށް ވުރެ ބަނޑުގައިވާ ދަރިފުޅުގެ ސަލާމަތަށް ވިސްނޭނެއެވެ.

ބަލިވެ އިނުމާ އެކު ދިރިއުޅުމުގެ އާދަތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް ދަރިފުޅަށް ގެއްލުމެއް ލިބިދާނެ ފަދަ ހުރިހާ ކަމަކުން ދުރުހެލިވާން ޖެހެއެވެ.

އެގޮތުން ތަދުކަނޑުވާ ބޭހަކީ މާބަނޑު ދުވަސްވަރު އެއްގޮތަކަށް ވެސް ކެއުން ރަނގަޅު އެއްޗެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.

ތަދުކަނޑުވާ ބޭހަކީ ހަގީގަތުގައި ވެސް މާބަނޑު މީހުން ކެއުން ރަނގަޅު އެއްޗެއް ނޫން ހެއްޔެވެ؟ ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި މާބަނޑު ދުވަސްވަރު މާގިނައިން ތަދުކަނޑުވާ ބޭސްކާ ނަމަ ބަނޑުގައިވާ ދަރިފުޅުގެ ކޮންމެވެސް ކަހަލަ އައިބެއް ލުމަކީ އެކަށީގެންވާ ކަމެކެވެ.

މާބަނޑު ދުވަސްވަރު ތަދު ކަނޑުވާ ބޭސް ބޭނުންކުރި ބަޔަކާއި އެފަދަ ބޭހެއް އެއްގޮތަކަށް ވެސް ބޭނުން ނުކުރާ މާބަނޑު މީހުންތަކެއްގެ ދަރިންގެ ހުރި ތަފާތު ސާވޭއެއްގައި ބަލާފައިވެއެވެ.

މި ނަތީޖާއިން ދެއްކި ގޮތުގައި މާބަނޑު ދުވަސްވަރު ތަދު ކަނޑުވާ ބޭސް ކައި އުޅުނު މީހުންނަށް ލިބިފައިވާ ދަރިންގެ ތެރެއިން ހަ ޕަސެންޓަށް ވުރެ ގިނަ ކުދިންގެ ސީރިއަސް އައިބުތައް ހުއްޓެވެ.

މި ދިރާސާގައި އިތުރަށް ބުނެފައިވާ ގޮތުގައި ތަދުކަނޑުވާ ބޭސް ނޫނަސް ހިތް ނުތަނަވަސްވުމާއި ވެއްޓޭބަލި، ޑިޕްރެޝަން، ބައޮޕްލާ ޑިސްއޯޑާ ފަދަ ނަފްސާނީ ބަލިތަކަށް ކާންދޭ ބާރުގަދަ ބޭސްތައް މާބަނޑު ދުވަސްވަރު ބޭނުން ކުރުމުންވެސް ބަނޑުގައި އޮންނަ ކުއްޖާ އައިބު ވެދާނެ އެވެ.

މިކަން މިގޮތަށް ދިމާވަނީ މިފަދަ ބޭހުގައި ހުންނަ ވަކި ވައްތަރެއްގެ ކެމިކަލްތަކެއް މަހުގެ ތެރެއިން ރަހިމަށް ވާސިލުވެ ކުއްޖާގެ ލޭގެ ތެރެއަށް ވާސިލުވާތީއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!