ޚަބަރު

އީސީގެ ނައިބު ރައީސަކަށް ނަޝާތު

ރައުފާ ރަޝީދު ، ދެން އޮންލައިން

އިލެކްޝަން ކޮމިޝަން (އީސީ) ގެނައިބު ރައީސަކަށް އަލީ ނަޝާތު އައްޔަން ކުރައްވައިފިއެވެ.

Ads by MWSC

ނަޝާތު އެ މަގާމަށް އައްޔަންކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަނުގައި 21 އަހަރު މަސައްކަތް ކުރެއްވުމަށްފަހު އެ ކޮމިޝަންގެ މެމްބަރުކަމުން ނައިބު ރައީސް ކަމުގައި ހުންނެވި އިސްމާއިލް ހަބީބް އީސީން މިއަދު ވަކިވެވަޑައިގެންނެވުމާއި ގުޅިގެންނެވެ.

ނަޝާތު އެންމެ ފުރަތަމަ އީސީއަށް އައްޔަންކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖުލައި 25، 2018 ގައެވެ. އޭނާގެ ދައުރު ހަމަވީ މިދިޔަ އަހަރުގެ ޖުލައި 25 އަށެވެ. ނަޝާތުގެ ދައުރު ހަމަވާތީ އޭނާ އިތުރު ދައުރަކަށް އައްޔަން ކުރުމަށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުވާފައިވަނީ މިދިޔަ އަހަރުގެ މެއި 29, ގައެވެ. ދެވަނަ ދައުރަކަށް އޭނާ މެމްބަރު ކަމަށް އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

އީސީން ބުނީ ހަބީބްގެ ދައުރު ހަމަވުމާއެކު އެ ކޮމިޝަންގެ ގާނޫނުގެ ހަތް ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މިއަދު ބޭއްވުނު ކޮމިޝަނުގެ 820 ވަނަ އާންމު ޖަލްސާއިން، އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަށް، ނަޝާތު އައްޔަންކޮށްފައިވާ ކަަމަށެވެ.

ނަޝާތު މި މަގާމަށް އައްޔަންކުރެއްވުމާއި ގުޅިގެން ހަބީބް ކުރެއްވި ޕޯސްޓެއްގައި ވަނީ ނަޝާތަށް ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކޮށްފައެވެ. ހަބީބް ވިދާޅުވީ ނަޝާތަކީ އިންތިހާބުތައް ޒަމާނީ ފެންވަރަށް ގެންގޮސް ޑިޖިޓަލައިޒް ނިޒާމަކަށް އީސީގެ ޚިދުމަތްތައް ބަދަލުކޮށް ސިޔާސީ ޕާޓީ ތަކަށާއި ކެންޑިޑޭޓުންނާއި، އިލެކްޝަންސް ކޮމިޝަނުން ޚިދުމަތް ހޯއްދަވާ ހުރިހާ ފަރާތްތަކަށް ފަސޭހަކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ފަންނުވެރިކަމާއި ގާބިލްކަންހުރި ބޭފުޅެއް ކަމަށެވެ.

އިލެކްޝަން ކޮމިޝަންގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް, ފުވާދު ތައުފީގް, ނައިބު ރައީސް އަލީ ނަޝާތު, ކޮމިޝަންގެ މެމްބަރ ޑރ. މުޙައްމަދު ޒާހިރު އާއި މުހައްމަދު އާސިފްއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!