ޚަބަރު

ކެފޭ އީޑެން ރޯދަ ވީއްލުން ތަފާތު ރަހަތަކާއި އެކު ވަރަށް މީރު!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ކެފޭ އީޑެން

ފުވައްމުލަކު މަޝްހޫރު ކެފޭ އީޑެން އަކީ ހުރިހާ ގޮތަކުން ވެސް ތަފާތު ހިތްގައިމު ކެފޭއެކެވެ. ރޯދަ މަހު އެ ކެފޭއިން އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ރޯދަ ވީއްލުމަށް ހާއްސަ ފުރިހަމަ ޕެކޭޖުތަކުންނެވެ.

Ads by MWSC

ބުފޭ ސްޓައިލަށް ބާއްވާ ރޯދަ ވީއްލުމުގެ ރަހަތައް ވެސް ހުންނަނީ ދިވެހި ރަހަތަކުގެ އިތުރުން މަޝްހޫރު ބޭރު ރަހަތަކާއި އެކުގައެވެ.

ކެފޭ އީޑެން އިން 10 މީހަކަށް ރޯދަ ވީއްލުން ބުކް ކޮށްގެން އެއް ފަރާތަކަށް ރޯދަ ވީއްލުން ހިލޭ ހޯދުމުގެ ފުރުސަތުވެސް ލިބެއެވެ. އަދި ހަތް އަހަރުން ދަށުގެ ކުދިންނަށް ރޯދަ ވީއްލުން ހިލޭ ލިބޭނެއެވެ.

މީރު ރަހަތަކާއި އެ ތަނުގެ ހިތްގައިމުކަމުގެ އިހުސާސްތަކާ އެކު ރޯދަ ވީއްލަން ބޭނުންވާ މީހުން އަވަހަށް އެ ތަނަށް ވައިބާ މެދުވެރިކޮށް މެސެޖްކޮށްގެން ބުކިން ހެދޭނެއެވެ. ބުކް ކުރަން ގުޅަން ޖެހޭނީ 7381888 އަށެވެ.

އެ ކެފޭއަކީ މިފަހަރު ރޯދަ މަހު އަޖުމަ ބަލާލަން ދާން އެންމެ ރަނގަޅު އެއް ކެފޭއަށް ވާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!