ޚަބަރު

ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ ތިން ގައުމެއްގައި

އަލީ ސަމާޙް ، ދެން އޮންލައިން
މީގެ ކުރިން އީސީން ބޭއްވި އިންތިހާބެއްގެ ތެރެއިން

އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާނީ ބޭރުގެ ތިން ގައުމެއްގައި ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން މިރޭ ހާމަކޮށްފިއެވެ.

Ads by MWSC

ބޭރު ގައުމެއްގައި ވޯޓު ފޮށި ބެހެއްޓޭނީ އީސީން ކަނޑައަޅާފައިވާ 150 އަށްވުރެ ގިނަ މީހުން ރީ-ރެޖިސްޓަރީ ކުރާ ގައުމުތަކުގައި އެކަންޏެވެ.

އީސީގެ ސެކެރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ މި ނޫހަށް ވިދާޅުވީ، ރީ-ރެޖިސްޓްރޭޝަންގެ މުއްދަތު މިއަދުގެ ތިނަކަށް ހަމަވިއިރު، އެ އަދަދަށް ރީ-ރެޖިސްޓަރީ ކޮށްފައި ވަނީ މެލޭޝިޔާ، ސްރީލަންކާގެ އިތުރުން މި އިންޑިއާގައި ކަމަށެވެ. އިއްޔެ އީސީން ހާމަކޮށްފައި މައުލޫމާތުތައް ދައްކާ ގޮތުން އިންޑިއާގައި ވޯޓުލާން ރީ ރަޖިސްޓްރީވީ 100 މީހުންނެވެ

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ އިންޑިއާގެ ޓްރިވަންޑްރަމްގައި ވޯޓުފޮށި ބަހައްޓަން ނިންމާފައިވާއިރު، ބޭރު ގައުމުތަކުގައި ރީ ރަޖިސްޓްރީވި ނަންބަރުތައް މިރޭ ހަމަކުރާނެ ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.

ކުރިން ވޯޓުފޮށި ބަހައްޓަން ނިންމި ތައިލެންޑް، އިނގިރޭސިވިލާތް އަދި އެކުވެރި އަރަބި އިމާރާތުގައި ވޯޓުފޮށި ނުބަހައްޓަން ނިންމާފައިވާ ކަމަށް އީސީން ބުންޏެވެ.

އެހެންވެ އެ ގައުމުތަކުގައި ދިރިއުޅޭ ރައްޔިތުން އެހެން ތަނެއްގައި ވޯޓުލާން ރީ-ރަޖިސްޓާ ވުމުގެ ފުރުސަތު ލިބޭނެއެވެ. އީސީން ބުނީ، ހުޅުވާލާފައިވާ މުއްދަތުގައި ރީ ރަޖިސްޓްރި ނުކޮށްފިނަމަ އެ މީހުންނަށް ވޯޓުލެވޭނީ ރަށްވެހިވެފައިވާ ރަށުގައި ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!