ރެސިޕީ

ދެން ރެސިޕީ: ގެރިކިރު ކޭކް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާތަކެތި:

Ads by WAMCO

1 ދަޅު ގެރި ކިރު

4 ބިސް

¾ ޖޯޑު ފުށް

½ 1 ސައިސަމުސާ ބޭކިންގް ޕައުޑަރު

¼ ޖޯޑު އަދި 1 ސައިސަމުސަލުގެ ބަޓަރު (ފްރިޖުން ބޭރުގައި ފިނިކަން ކެނޑެންދެން ބަހައްޓާފައި)

1 ސައިސަމުސާ ވެނީލާ އެސެންސް

ތައްޔާރުކުރާނެގޮތް:

180 ޑިގްރީސް ސެލްސިއަސް އަށް އަވަން ހޫނު ކުރަން ޖައްސާށެވެ. 10 ވަރަކަށް މިނެޓު ހޫނު ކުރީމާ ރަނގަޅު ވާނެއެވެ.

ބޯކިބާ ފިހަން ބޭނުން ކުރާނެ ތަބަކުގައި ސައިސަމުސަލެއްގެ ބަޓަރު އުނގުޅާލާށެވެ. ފުލުގައާއި އަރިމަތި ތަކުގައެވެ. ދެން ¼ ޖޯޑު ބަޓަރާއި ބިސް ބޯތަށްޓެއްގައި ރަނގަޅަށް އެއްކުރާށެވެ. އެއަށް ގެރި ކިރު އަޅާފައި އަނެއްކާވެސް ރަނގަޅަށް އެއްކުރާށެވެ.

އެއަށްފަހު ފުށާއި ބޭކިންގް ޕައުޑަރު އަޅާފައި އަނެއްކާވެސް ހުރިހާ އެއްޗެއް ރަނގަޅަށް އެއްވަންދެން އެއްކުރާށެވެ. ކުރިން ބަޓަރު އުނގުޅާ ތައްޔާރު ކުރި ތަބަކުގެ ތެރެއަށް އެއްކުރި ސާމާނު އޮއްސާލާށެވެ. ދެން ހޫނު ކުރަން ޖެއްސި އަވަނަށް ލައިގެން ފިހާނީއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!