ދެން ރެސިޕީ: ޗީޒް ބްރެޑް ރޯލްސް

ބޭނުންވާތަކެތި:
250 ގ .( ޗީޒް ޗެޑަރ )
1 ޕާން
5 މޭޒުމަތީ ސަމުސާ ބަޓަރ ދިޔާކޮށްފައި
ޓޮމާޓޯ ސޯސް
ތައްޔާރުކުރާނެގޮތް:
ޗީޒް ކޮޅާއި ބަޓަރކޮޅު އެއްކޮށް ގިރާލާށެވެ.
ޕާން ފޮތިތަކުގެ ހަތަރު ފަރާތް އަރިމަތިން ކަފާލާށެވެ. ޕާން ފޮތިތަކުގެ އެތެރޭގައި ސަމުސަލުން އެތި ކޮޅެއް ހާކާފައި އޮޅައިލާށެވެ.
ދެން ޓޫތު ޕިކަކުން ޕާން ރޯލު ހަރު ކޮށްލާފައި އެއްޗަކަށް އަޅައިފައި މަތި ބަންދުކޮށްފައި 15 މިނިޓް ފްރިޖްގައި ބަހައްޓާށެވެ.
ޓްރޭއެއްގައި އަތުރާލާފައި ބަޓަރު ކޮޅެއް ދިޔާކޮށްފައި ރޯލުތަކުގެ ބޭރުގައި ހާކާލާފައި އަވަންގައި ފިހެލާށެވެ.
މި ރޯލްސް ޓޮމާޓޯ ސޯސްއާ އެކީ ވެސް ކެވިދާނެއެވެ. ނޫން ނަމަ ތަންކޮޅެއް ކުޅިކޮށް ސޯސްގަނޑެއް ހަދައިފައި އެއާ އެއްކޮށް ވެސް ކެވިދާނެއެވެ.