ކުރީގެ ބައިވެރިޔާގެ ބަރަހަނާ ފޮޓޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރުން ގިނަވަނީ
ކުރިން ކައިވެނި ކޮށްގެން އުޅުނު ބައިވެރިޔާ ނުވަތަ ލޯބިވެރިންގެ ބަރަހަނާ ފޮޓޯ ބޭނުންކޮށްގެން ބްލެކްމެއިލްކޮށް, ބިރު ދައްކާ މައްސަލަތައް އިތުރުވަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޑިޕާޓްމެންޓްގެ ވެރިޔާ އަހުމަދު ސަފްއަތު ރައޫފް ވިދާޅުވީ, އޮރިޔާން ފޮޓޯ ބޭނުން ކޮށްގެން ބްލެކްމެއިލް މައްސަލަތައް ދުވަހުން ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށެވެ.
"މިގޮތުން ކައިވެނި ކޮށްގެން އުޅޭ ފަރާތްތަކުންނާއި ރައްޓެހިވެގެން ގުޅިގެން އުޅޭއިރު ނަގާފައި ހުންނަ ފޮޓޯ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ ވީޑީއޯ ބޭނުންކޯށްގެން ބްލެކްމެއިލް ކުރުމުގެ ކަންތައްތަކެއް ހިނގާ އެބަ," އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން ސޯޝަލް މީޑިއާގެ އެކި އެޕްލިކޭޝަންތައް މެދުވެރިކޮށް އޭގެެއިން ދިމާވާ ފަރާތްތަކާއެކު ވީޑިއޯ ކޯލް ކޮށްގެން އެކަކު އަނެކަކު ބަހަރަނާ ވެ ކުރާ ކަންތައްތަކުގެ ސަބަބުން ބްލެކްމެއިލް ކޮށްގެން ހުށަހަޅާ މައްސަލަތައް ވެސް ގިނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ, މިފަދަ އަނެއް މައްސަލައަކީ މިފަދަ އެޕްލިކޭޝަންތައް ބޭނުންކޮށްގެން ބައްދަލުކުރަން ގެސްޓު ހައުސްތަކަށް ގެންގޮސްގެން ހިންގާ ބްލެކްމެއިލްގެ މައްސަލަތައް ކަމަށެވެ.
"ގެސްޓު ހައުސްތަކަށް ދިއުމުން ގަދަކަމުން ހިފަހައްޓާ ރޭޕްކޮށް ވީޑިއޯކޮށް އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ ނަގައި ބިރު ދައްކަމުުންދާ ކަން އިތުރުވަމުންދާ ކަން ފާހަގަކުރަން," އޭނާ ވިދާޅުވިއެވެ.
މިފަދަ މައްސަލަތައް ފުލުހުންނަށް ހުށަހެޅޭ މިންވަރު ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ ކަން އޭނާ ފާހަގަކުރެއްވިއެވެ.
ކުށްގިނަ ވަނީ ކޯޓުތަކުގައި ތިބޭ ބައެއް ފަޑިޔާރުންގެ ސަބަބުން ކިތަމްމެވަރައްކައް ކުއްވެރިޔާގެ މައްޗައްސާބިތުވާވަރަށް ހެކިލިބިފައިހުއްޓަސް ކުއްވެރިޔާދޫކޮއްލާ އޭނާއަކީ އެވަގުތު އޭނާގެމައްމަ ބަޑުން ވިހިމީހެއް ފަދައޭ ކިޔާފަ ގާޒީންނާ ލޯޔަރުންގެމައްޗައް އިލާހީގާނޫނު ތަންފީޒުކުރާދުވަހެއް އަންނާނެ އެއީ ގިޔާމަތްދުވަސް މިހެންމިބުނަން ޖެހުނީ މަގޭދަރިފުޅު އުމުރުން އެއްމެ ބާރައަހަރުގައި އޭނަގެދޮންބައްޕަ ކުއްޖާނިދަންއޮވާ ބެހުނުމައްސަލައެއް ގާޒީވަނީ ސާބިތުނުވާކަމައް ނިއްމާދީފަ މިފަހުންމިވަނީއަނެއްކާ މިކުއްޖާ ނިދާފައޮވާ ކުއްޖާގެ ދޮންބައްޕަ ކުއްޖާރޭޕް ކޮލާފައި މިމައްސަލަމިހާރުމިވަނީ ސުޕްރީންކޯޓުން ބަލަން ފަށާފައި ދެންވާނީ ކިހިނެއްކަ މެންނޭގެ
އަންހެނުންފޭސްބުކްގައި އެހީހޯދާނަމުގައި މެސެންޖަރުންގުޅާފައިދާދިނީމަބޭނުންކަންކޮއްދޭނަމޭކިޔައިލާރިހޯދާމީހުންނަތިޔަގޮއިމަށައޯކޭ
ވަރަށް ދެރަކަމެއް ދޮންބައްޕަގެ އޮތީ ހިތަކަށް ގާބުރިއެއްތަ؟ އެކުއްޖާގެ މައްމަ ވީ ކޮންތާކު އެ ކުއްޖ ފަގީރަށް ތިވަރު ކޮށްލިއިރު މިހާރު މައްމައިން ދަރިން ނުބަލާތީ މައްސަލަ އަކީ މައިންބަފައިން ވަކިވި ކަމުގައިވިއަސް މައްމަ ގެ ބެލުމުގެ ދަށުގައި ހުންނަ ދަރިފުޅަކާދޮން ބައޕައަށް ބެހެވޭނީ މަންމަގެ އަޅާލުން ނެތީމާ މައިންބަފައިން ވަކިވުމަކީ ދަރިންގެ މައްސލައެއް ނޫން އެކުދިންނަށް ދޭން ޖެހޭ އޅާލުމާ އޯގާތެރިކަން މަންމަ ވެސް އަދި ބައްޕަ ވެސް ދޭންޖެހޭނެ އެ މައުސޫމް ކުދިންގެ ކުށަކީ ކޮބާ؟ ތިވަރުގެ ގޯސް މީހަކާ އިނދެގެން އުޅެން ހެޔޮނުވާނެ އިންނާނެ މީހަކު ނުލިބުނަސް 12 އަހަރުގެ މައުސޫމް ކުއްޖެކޭ ބުންޏަސް ހާދަ ކުޑަ ކުއްޖެކޭ އަރެން ހަމަ ވަރަށް ދެރަވޭ.
އޮރިޔާން ނުވެ ވީޑިއޯ ކޮއްލުން ރަނގަޅު ކަމައް ފެނޭ…
ލުޅިލުޅި ބާބުޅި އޭކިޔާނެ ބޮނޑި ލިބުނީމަ!…
ކުއްވެރި ވާންޖެހޭނެ ކަމައް ފެންނަނީ ދެފަރާތްވެސް.