ޚަބަރު

އިންޑިއާގެ ހެލިކޮޕްޓަރުތައް މަދަނީ މީހުންނާއެކު އޮޕަރޭޓްކުރަން މަޝްވަރާކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާ ސިފައިންގެ ބަދަލުގައި ހެލިކޮޕްޓަރު ދުއްވަން ހަމަޖެއްސި އެ ގައުމުގެ މަދަނީ މީހުން އެ އުޅަނދުތައް އޮޕަރޭޓްކުރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.

Ads by Hajj Corporation

އެ މަޝްވަރާތައް ކޮށްފައިވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އެ ގައުމަށް އަނބުރާ ގެންދިއުމާ ގުޅޭގޮތުން ދެ ގައުމުގެ ދެމެދުގައި ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ މިއަދު މާލޭގައި ބޭއްވި ހައިލެވެލް ކޯ ގްރޫޕުގެ ތިން ވަނަ މަޝްވަރާ ބައްދަލުވުމުގައެވެ.

އިންޑިއާގެ އެކްސްޗާނަލް މިނިސްޓްރީން އާއްމުކުރި ނޫސް ބަޔާނެއްގައިވާ ގޮތުން އެ ބައްދަލުވުމުގައި ރާއްޖެއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް، މަދަނީ މީހުންނާއެކު ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރުމާއި ގުޅޭ ގޮތުން ދެ ގައުމުގެ މެދުގައި މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ.

ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި އެކި ކަންތައްތަކާއި ގުޅޭ ގޮތުން އެ ބައްދަލުވުމުގައި މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުންޏެވެ.

އޭގެ ތެރޭގައި، އިންޑިއާއިން ރާއްޖޭގައި ހިންގާ މަޝްރޫއުތައް ހިންގުން އަވަސްކުރުމާއި، ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާ އާއި އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ކުރެވޭނެ ގޮތްތަކުގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ގާބިލުކަން އިތުރުކުރުމަށްވެސް މަޝްވަރާކޮށްފައިވެއެވެ.

ހައިލެވެލް ކޯ ގްރޫޕްގެ ހަތަރުވަނަ ބައްދަލުވުން އޮންނާނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައެވެ.

ހެލިކޮޕްޓަރުތައް، މަަދަނީ މީހުން އޮޕަރޭޓް ކުރުމާއި ގުޅޭ ގޮތުން މަޝްވަރާތަކެއް ކޮށްފައިވާއިރު އެއްގަމާއި، ކަނޑާއި، ވައިގެމަގުންވެސް ގައުމު ދިފާއުކުރުމުގެ ޒަމާނީ އަސްކަރީ ގާބިލުކަން ރާއްޖޭގައި ވަރުގަދަކުރުމަށް، މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެމްއެންޑީއެފުން ވަނީ ވައިގެ ބާރު އެއާކޯ އިފުތިތާހުކޮށް، އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ހިދުމަތަށް ތައާރަފުކޮށްފައެވެ.

Ads by Ooredoo
  1. ގޯސް

    ނުފެނޭ ހުއްދަދޭކަށް.ފުރަތަމަވެސް ދިވެހިން ނިކަމެތިކުރަން އެބުނީ އިންސާނީ އެހީދޭށޭ.