ކޮމަންޑޫ އިސްމެޖިސްޓްރޭޓް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކޮށްފި

ށ.ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛާ ޙައްވާ އިބްރާހީމް، ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކޮށްފިއެވެ.
ޖޭއެސްސީން ވިދާޅުވީ ފަނޑިޔާރުން އަމިއްލަފުޅަށް އެދިގެން މަސައްކަތް ކުރަމުންއައި ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން، 2023 މާރިޗު 17 ވަނަ ދުވަހުން ފެށިގެން، ޙައްވާ އިބްރާހީމް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ މަޤާމަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.
ފަނޑިޔާރުން އަމިއްލަ އަށް އެދިގެން ކޯޓު ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގައިވާ ގޮތުން، މަސައްކަތް ކުރާ ކޯޓު ބަދަލުކުރުމުން، އެ ފަނޑިޔާރަކު ބަދަލުކުރުމަށް ކޮމިޝަނުން ނިންމާ ތާރީހުން ފެށިގެން 15 ދުވަސް ހަމަވުމުން، ދެން ޖެހިގެން އަންނަ ފުރަތަމަ ރަސްމީ ދުވަހު، އެ ފަނޑިޔާރަކު ބަދަލުވުމަށް އެދުނު ކޯޓުގައި އެ ފަނޑިޔާރުގެ ރަސްމީ މަސައްކަތް ފަށަން ޖެހޭނެއެވެ.