ރެސިޕީ

ދެން ރެސިޕީ: ޗިކަން ޕައި

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާތަކެތި:

1 ފިޔާ (ހިމުންކޮށް ކޮށާފައި)

Ads by Sosun Fihaara

2 ލޮނުމެދު (ގާނާފައި)

500ގ. ބޯންލެސް ޗިކަން (ކުދިކޮށް ކޮށާފައި)

3 މޭޒުމަތީ ސަމުސާ ޗިލީ ސޯސް

¼ ޖޯޑު ޓޮމާޓޯ ޕޭސްޓް

250ގ. މަޝްރޫމް (ކޮށާފައި)

2 ލޮނުމެދު (ގާނާފައި)

1 ފިޔާ (ހިމުންކޮށް ކޮށާފައި)

½ ޖޯޑުފުށް 185ގ. ބަޓަރު

1 ބިސް ތާފަނާ ފެން

ތައްޔާރުކުރާނެގޮތް:

ފުށާއި ބަޓަރު އެއްކޮށްލާފައި ބްރެޑް ކްރަމްބްސްއަށް ވަންދެން މޮޑެލާށެވެ. ދެން ބިސް ކުޑަކޮށް ގިރާފައި އެއްކޮށްލާށެވެ. އެއްށްފަހު ތާފަނާ ފެނުން ފުށްގަނޑު މޮޑެފައި ކޮތަޅަކަށް ލާފައި ބާއްވާށެވެ. އެއަށްފަހު ތަވާ އުނދުންމައްޗަށް އުދާލާފައި ކުޑަ ތެޔޮފޮދެއް އަޅާށެވެ. ތެޔޮފޮދު ހޫނު ވުމުން ފިޔާކޮޅު ރަތްވަންދެން މަޑުގިނީގައި ދޭފަތުން ހަލަމުން ދާށެވެ. ދެން ލޮނުމެދު، މަޝްރޫމް ، ޓޮމާޓޯ، ޗިލީ ސޯސް، ލޮނު އަދި ކުކުޅު އެއްކޮށްފައި ރޯފިލުމުން އުދުންމަތިން ބާލާށެވެ. ދެން ފުށްގަނޑު ދެބައިކޮށްފައި ދެބައި ވެސް 4 /1 އިންޗިއަށް ދަމާލާށެވެ. އެއައްފަހު ޕައި ފިހޭ ޓްރޭގައި ފުށްގަނޑު ފަތުރާލާފައި މަސްގަނޑު ފަތުރާލާފައި (މަސްފަތުރާނީ ފުށްގަނޑުގެ ކައިރިފަށުން ތަތްކުރެވޭހާ ހުސްތަން ބާއްވާފަ)، އަނެއް ފުށްގަނޑު މަސްގަނޑު މަތީގައި ބާއްވާފައި ކައިރި ފަށް ތަތްކޮށްލާށެވެ. ދެން ފުށްގަނޑުގެ މަތީގައި ބުރުހަކުން ބަޓަރު ހާކާލާފައި އަވަނުން ފިހެލާށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!