ޚަބަރު ރައްޔިތުންގެ މަޖިލިސް

މިނިސްޓަރު ވިދާޅުވަނީ ގަވައިދާ ހިލާފަށް އުޅޭ އެންމެން އަހަރެއް ތެރޭ ހޯދާނެ ކަމަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ 96,000 އަށްވުރެ ގިނަ ބިދޭސީން އެބައުޅޭ ކަމަށާއި އަހަރެއްގެ ތެރޭ އެ އެންމެންގެ ހޯދައި، އިނގިލީގެ ނިޝާން ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ނިޔަލަށް ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހުންގެ އަދަދަކީ 90،624 ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި ވިސާއާ ވޯކް ޕާމިޓް ކެންސަލްކޮށް އަމިއްލަ ގޮތުން 206 މީހަކު ގޮސްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި ވަގުތު އެކްޓިވް ވޯކް ޕާމިޓްގެ އަދަދަކީ 135،679 ކަމަށެވެ. ވޯކް ޕާމިޓެއްގެ ދަށުން ރާއްޖެ ނައަންނަ މީހުންނާއި، ރާއްޖެ ދޫކޮށް ދިޔުމުންވެސް ވޯކްޕާމިޓް ކެންސަލް ނުކުރާހާ ހިނދަކު އެވެސް ބަލަނީ އެކްޓިވް ވޯކް ޕާމިޓެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ވޯކްޕާމިޓްގެ ތެރެއިން ގަވާއިދުން ލާރި ދައްކަމުން އަންނަނީ ތިރީސް ނުވަހާސް ހަތަރު ހާސް ވޯކް ޕާމިޓަަކަަށް ކަމަށެވެ.

''ބާކި ތިބި ހުރިހާ ވޯކް ޕާމިޓަކީ (96،675) ވެސް މި ވަގުތަށް ގާނޫނީ ގޮތުން ބަލާއިރު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ކަމަށް ބެލެވިދާނެ. ވަރަށް ގިނަ މީހުންނަކީ ރާއްޖެ ދޫކޮށް ގޮސްފައި ތިބި މީހުން. މި މައްސަލާގެ ހަގީގަތަކީ ކުންފުނިތަކުން ރާއްޖެ ގެނެސްފައި އެ މީހާ މުސާރަ ނުލިބި އެކަހަލަ ކަންތައްތައް ޖެހިގެން ފިލައިގެން ދިޔުމަށް ފަހު އެ ކޮމިއުނިކޭޝަން ސަރުކާރުގެ އޮތޯރިޓީއާ އެކު ރަނގަޅަށް ހިންގާފައެއް ނޯވޭ.

''އެ މީހާ ފިލައިން ދިޔާމަ 'މިސިން' އަށް ލަނީ، އެއީ ދިޔަ ކަމުގެ ހެއްކެއް ކަމަށް ނުބެލެވޭ. މިސިން ގައި ހުންނަ މީހާ ފުރައިގެން ދިޔުމަށް ފަހުވެސް އެބަހުރި އެ މީހާގެ އެ ކޮމްޕްލީޝަންއަކަށް ނުގޮސް ވޯކް ޕާމިޓް ކެންސަލްނުކޮށް'' މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ބަންގްލަދޭޝް މަސައްކަތްތެރިން ގެނެވޭ ގޮތަށް އަލުން ހުއްދަ ދިންފަހުން 5000 މަސައްކަތްތެރިންނަށް ހުއްދަ ދީފައިވާ ކަމަށެވެ. އޭގެ ތެރެއިން ތިން މަސް ތެރޭގައި 4000 މަސައްކަތްތެރިން ރާއްޖެ އެތެރެވެފައިވާ ކަމަށެވެ.

އިހުސާން ވިދާޅުވީ ކުރިއަށް އޮތް އަހަރު ތެރޭގައި، ހުރިހާ ބިދޭސީންގެ ފިންގާ ޕްރިންޓް ނެގި އެއް ޑެޓާބޭސްއެއް ގާއިމްކުރެވިގެންދާނެ ކަމަށެވެ.

ކައުންސިލުތަކަށް ފިންގަ ޕްރިންޓް ޑޭޓާބޭސްއަށް އެކްސެސް ދެވި ފިންގާ ޕްރިންޓް ސްކޭން ކުރާ ޑިވައިސް ބޭނުންކުރާ މޯބައިލް ޑިވައިސްތަކާއި ފިކްސްޑް ޑިވައިސްތައް ކައުންސިލިުތަކާއި ޕޮލިސް ސްޓޭޝަނަށް ، އަންނަ ކޮންމެ ބީދޭސީއަކީ ކާކުކަން ފިންގާ ޕްރިންޓުން އެގޭވަރުކޮށްދިނުން، މިހާރު އަމާޒު ހިފާފައި މިހިރީ އެއް އަހަރު ތެރޭގައި އެކަން ކުރަން،.

އެ ނިޒާމު ގާއިމްކުރެވެމުން ބިދޭސީ މީހާއާ ބެހޭ ހުރިހާ މައުލޫމާތެއް ކައުންސިލުތަކަށް ބެލޭނެެ ކަމަށެވެ. ގިނަ ބިދޭސީންނަކީ އެއްވެސް ލިޔެކިޔުމެއް ނެތި ރާއްޖޭގައި އުޅޭ ބަޔަކަށްވާއިރު 'ބައޮމެޓްރިކަލީ އައިޑެންޓިފައި' ކުރަން ފެށީމަ އެކަމަށް ހައްލު އަންނަނާ ކަމަށް ގަބޫލުކުރެވޭ ކަމަށް އިހުސާން ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!