ޚަބަރު

އުރީދޫގެ ހަދިޔާފޮށިން އެޕަލް ވިޝަން ޕްރޯއެއް ހޯދުމުގެ ފުރުސަތު!

ރައުފާ ރަޝީދު ، ދެން އޮންލައިން

އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދާ މަޝްހޫރު "ހަދިޔާ ފޮށި" ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް ހިތްގައިމު ގިނަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބިއްޖެއެވެ.

Ads by STELCO

މިއަހަރުގެ އިނާމްތަކުގެ ތެރޭގައި ޕްލޭސްޓޭޝަން 5 ކޮންސޯލް، މޯބައިލް ފޯން އަދި އެކި ރީޓެއިލަރުންގެ ޑިސްކައުންޓް ވައުޗަރ އަދި އެޕަލް ވިޝަން ޕްރޯ ޑިވައިސް ހިމެނެއެވެ.

"ހަދިޔާ ފޮށި" ގައި ބައިވެރިވުމަށް ކަސްޓަމަރުން ޖެހޭނީ އުރީދޫ ސުޕައެޕަށް ލޮގިންވެ ހޯމް ސްކްރީނުގައި ވާ "ހާދިޔާ ފޮށި" ބެނާ ޓެޕް ކުރުމަށެވެ. ކޮންމެ ކަސްޓަމަރަކަށް ވެސް ދުވާލަކު އެއްފަހަރު ކުޅެ، އިނާމު ހާމަކުރުމަށް ގިފްޓް ފޮއްޓެއް ޓެޕް ކޮށްލެވޭނެއެވެ. ނަސީބުވެރިންނަށް ހާއްސަ ޑޭޓާ ޕެކް، ގޭމިން ޕެކް އަދި ޑިސްކައުންޓް ޑޭޓާ ޕެކް ފަދަ އިނާމުތައް ލިބޭނެއެވެ.

ހާއްސަ ކުޅުންތެރިންނަށް "ހާދިޔާ ފޮށި" ކުޅެ، ޕްރޮމޯޝަންގެ ލީޑާބޯޑުން ކުރިހޯދުމަށް "ކަރާ" ޕޮއިންޓް ހޯދޭނެއެވެ. ކޮންމެ ހަފުތާއަކު ވެސް ލީޑާބޯޑުގައި ހިމެނޭ އެންމެ މޮޅު ތިން ކަސްޓަމަރުންނަށް ހާއްސަ "ވީކްލީ މެގަ ގިފްޓް" އެއް ލިބޭނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!