ޚަބަރު

119 ކިލޯގެ މަސްތުވާތަކެތި މައްސަލާގައި ކުށް ސާބިތުވި އެކަކު 25 އަހަރަށް ޖަލަށް!

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖެއަށް 119 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ދައުވާކުރި ތިން މީހުންގެ ތެރެއިން އަލީ ޒުބައިރުގެ މައްޗަށް ކުށް ސާބިތުވެ އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުމާ އެކު 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

Ads by STELCO

ނެޓްވޯކެއްގެ ގޮތުގައި އޮޕަރޭޓްކޮށް ޑްރަގް ޓްރެފިކް ކުރިކަމަށް ތުހުމަތުވާ މި މައްސަލައިގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ ގދ. ހޯނޑެއްދޫ އިރުމަތީގެ، އަޙްމަދު ސުނައިނު އާއި ގދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ، އަލީ ޒުބައިރުގެ އިތުރުން، ގދ. ހޯޑެއްދޫ އަލޯރާ އަހުމަދު މުޖާހިދު މައްޗަށެވެ.

މި މައްސަލާގައި ހުކުމް ކުރުމަށް އިއްޔެ ބޭއްވި އަޑުއެހުމުގައި ދަޢުލަތުން ފާހަގަކޮށްފައިވާ ގޮތުގައި ދައުވާލިބޭ އަލީ ޒުބައިރުގެ ދައުވާ އެކަށީގެންވާ ގޮތެއްގައި ދިފާއު ކުރެވެމުން ނުދެއެވެ. އޭނާގެ ފަރާތުން އެއްވެސް ހުށައެޅުމެއްވެސް ހުށައަޅާފައިނުވާއިރު، އަހުމަދު ސުނައިނުއާއި އަހުމަދު މުޖާހިދުގެ ފަރާތުން ހުށައެޅުންތައް ހުށައަޅާފައިވާކަމަށް ދައުލަތުން ވިދާޅުވިއެވެ.

މި މައްސަލާގައި ކުށް ސާބިތުވެފައި ވެފައިވަނީވެސް އަލީ ޒުބައިރުގެ މައްޗަށް އެކަންޏެވެ. އޭނާގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވުމުން، އޭނާ އުމުރަށް (25 އަހަރަށް) ޖަލަށް ލުމާއެކު، އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ގާޒީ އިބްރާހިމް އިޙްސާން ވަނީ ޙުކުމް ކުރައްވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!