ޚަބަރު

ފަރުމަސްވެރިކަން ކުރިއަރުވަން ދޫކުރާ ލޯނަށް ހުޅުވާލައިފި

އައިކާ ޔުނާން ، ދެން އޮންލައިން

ފަރުމަސްވެރިކަން ކުރި އެރުވުމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އާއި މަސްވެރި ވުޒާރާ ގުޅިގެން ދޫކުރާ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

Ads by STELCO

މަސްވެރިކަމުގެ ވުޒާރާއިން މިއަދު ބުނީ, މިއީ ފަރުމަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް 'ކަނޑުފަޅުގެ ނަފާ' ލޯނު ސްކީމުގެ ދަށުން ދޫކުރާ ލޯނެއް ކަމަށެވެ. އެ ލޯނުގެ މަގްސަދަކީ ފަރުމަސްވެރިކަމުގެ ދާއިރާއަށް ދެމެހެއްޓެނިވި ތަރައްގީ ގެނެއުމަށް އެހީތެރިވުމެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ގޮތުގައި މި ސްކީމްގެ ދަށުން 700,000 އާ ހަމައަށް ލޯނު ދޫކުރެވޭނެ އެވެ. ލޯނުގެ ޕީއަރިޑެއްގެ ގޮތުގައި ހަ މަސް ދުވަސް ލިބޭއިރު, ލޯނު އަނބުރާ ދެއްކުމަށް 10 އަހަރު ލިބޭނެއެވެ.

ފަރުމަހުގެ މަސްވެރިކަން ކުރިއެރުވުމަށް ހާއްސަކޮށް ދޫކުރާ މި ލޯނުގެ އިންޓްރެސްޓުގެ ގޮތުގައި ނަގާނީ ފަސް ޕަސެންޓެވެ. ލޯނަށް އެދެވޭނީ އެސްޑީއެފްސީގެ ޕޯޓަލް މެދުވެރިކޮށް އީފާސް އިން ލޮގިން ވެގެންނެވެ.

ކަނޑުފަޅުގެ ނަފާ ލޯނު ސްކީމްގެ ދަށުން ފަރުމަސްވެރިކަން ކުރިއެރުވުމަށް އައިސްޕްލާންޓް ގާއިމްކުރުމަށް ވަނީ ލޯނު ދޫކުރަން މީގެ ކުރިން ވަނީ ހުޅުވާލައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!