ވެމްކޯގެ ހިދުމަތް ކުޅުދުއްފުއްޓާއި ތިނަދޫ އަށް، ރަޖިސްޓާވާން ހުޅުވާލައިފި

ވެމްކޯގެ ކުނި އުކާލުމުގެ ޚިދުމަތަށް ކުޅުދުއްފުށި ސިޓީ އާއި ތިނަދޫ ސިޓީގެ ގޭބިސީތަކުން ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.
ކުޅުދުއްފުށީގައި ޚިދުމަތަށް ރަޖިސްޓްރީވުމަށް ހުޅުވާފައިވަނީ އޭޕްރިލް މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ތިނަދޫގައި ހިދުމަތް ބޭނުންވާ ގޭބިސީތަކުން ރަޖިސްޓްރީވުމަށް ހުޅުވާލާފައިވަނީ އޭޕްރިލް 20ވަނަ ދުވަހުގެ ނިޔަލަށެވެ.
ވެމްކޯގެ ސީނިއާ ޕީއާރް އޮފިސާ މީކާއިލް އަޙުމަދު ވިދާޅުވީ ފުރަތަމަ ޚިދުމަތް ފަށަނީ ގޭބިސީތަކަށް ކަމަށެވެ. އެއަށްފަހު ކޮމާޝަލް ތަންތަނާއި ސަރުކާރުގެ އޮފީސްތަކަށް ޚިދުމަތް ދޭން ފަށާނެ ކަމަށް މީކާއިލް ވިދާޅުވިއެވެ.
ދެ ސިޓީގައިވެސް ޚިދުމަތަށް ރަޖިސްޓްރީކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ޑޯޓުޑޯ ހިންގާ ރަޖިސްޓްރީވުމަށް އެހީވުމާއި ކުނިއުކާލުމުގެ ޚިދުމަތަށް ސިޓީގެ ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް ވެމްކޯގެ ޓީމްތަކުން މިހާރު ދަނީ ކުރަމުންނެވެ.