ޚަބަރު ސަރުކާރު

އދ. ގެ ގަރާރަށް އަމަލުކުރަން ރައީސް އިޒްރޭލަށް ގޮވާލައްވައިފި

ފައިނާ ފާއިޒް ، ދެން އޮންލައިން
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ރައީސް/ ފޮޓޯ: ރައީސް އޮފީސް

އިސްރާއީލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަށް މިހާރުން މިހާރަށް ހުއްޓާލުމަށް އދ. ގެ ސަލާމަތީ މަޖިލީހުން އިއްޔެ ފާސް ކުރި ގަރާރަށް ފުރިހަމައަށް ތަބާވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްރާއީލަށް ގޮވާލައިފިއެވެ.

Ads by Sosun Fihaara

ރައީސް މިފަދައިން ވިދާޅުވެފައި ވަނީ އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިއެވެ.

ރައީސް ވަނީ އދ. އިން ފާސްކުރި ގަރާރު ފުރިހަމައަށް ތަންފީޒު ކުރުމަށް ޑިމާންޑް ކުރައްވާފައިއެވެ. އަދި އެ ގަރާރަށް ފުރިހަމައަށް ތަބާވުމަށްެވެސް އިސްރާއީލަށް ގޮވާލައްވާފައިއެވެ.

ޣައްޒާގެ ރައްޔިތުން އިސްރާއީލު ސިފައިންގެ މެދުކެނޑުމެއްނެތް ހަމަލާތަކާއި ކުރިމަތިލަމުން އަންނަ އިރު  މި ބަރަކާތްތެރި ރަމަޟާން މަހު ހަމަލާތަށް މެދު ކެންޑުމުން އެ ރައްޔިތުންނަށް ރަމަޟާން މަހުގެ ބާކީ ބަޔާ  ކުރިމަތިލާން އެތަށް ލުޔެއް ލިބިގެން ދާނެ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައިއެވެ.

ރައީސް ވަނީ މި ހަނގުރާމަ ހުއްޓާލައި، ނަސްލު ނައްތާލުމުގެ އަމަލުތައް ދެމިއޮތުން ވަގުތުން ނިމުމަކަށް ގެނައުމަށްޓަކައި ބައިނަލްއަޤްވާމީ މުޖުތަމަޢުން މި ދުވެލި ދަމަހައްޓައިދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވެފައިއެވެ. އަދި ބައިނަލްއަގުވާމީ މުޖުތަމައުއެއްގެ ގޮތުގައި ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި އިތުރު އެތަށް އެހީއެއް ވެދޭން ޖެހޭ ކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކުގައި އެ ގައުމުގެ އެތަށް ހާސް ބައެއް ޝަހީދު ވެގެން ގޮސްފައި ވާއިތު މީގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭކަން ފާހގަކޮށްލަން ޖެހެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!