ބަންގްލަދޭޝްގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

ބަންގްލަދޭޝްގެ 53 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.
އެ ގައުމުގެ ބޮޑުވަޒީރު ޝޭހް ހަސީނާ އާއި ރައީސް މުހައްމަދު ޝަހާބުއްދީނާއި، އަށް ރައީސް މުއިއްޒު ފޮނުއްވި މެސެޖުގައި މިނިވަން ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ.
ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް އެކުވެރިކަން ކުރިއަށް އޮތްތަނުގައިވެސް އިތުރަށް ބަދަހިވެގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި އެކަމުގެ ފައިދާ ދެ ގައުމުގެ ރައްޔިތުންނަށް ވެސް ކުރައްވާނެ ކަމަށްވެސް ރައީސް މުއިއްޒުގެ މެސެޖުގައި ވިދާޅުވިއެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭހް ހަސީނާ އަކީ އެ ގައުމުގެ ފުރަތަމަ ރައީސް އަދި އެ ގައުމުގެ މިނިވަންކަމުގެ ބާނީ ޝެއިޚް މުޖީބުއް ރަހްމާނުގެ ދަރިކަނބަލުންނެވެ.
ބަންގްލަދޭޝް މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައެޅިގެން ދިޔައީ 26 މާޗު 1971 އެވެ.