ޚަބަރު

ރައީސް ދެއްކެވީ ނަމޫނާ, އަޑު އެއްސަވާ, އޮޅުން ފިލުވައިދެއްވީ ރައްޔިތު މީހާގެ ކަންބޮޑުވުން!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މެދު ހެންވޭރު ދާއިރާގެ ދޮރުން ދޮރަށް ވަޑައިގެންނެވި ވަގުތާ ދިމާކޮށް އެ ސަރަހައްދުން ރަޢީސް ޑރ. މުޢިއްޒުއާ ސުވާލު ކުރި އާއްމު މީހަކާމެދު ރައީސް ކަންތައް ކުރެއްވި ގޮތުން ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.

Ads by Hajj Corporation

މިއަދުގެ ހަރަކާތުގެ ތެރެއިން, ސުޕްރީމް ކޯޓުގެ ޙުކުމަކުން ކެންޑިޑެސީ ބާތިލްވި އެ ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލެއްވި ޙަސަން ޝިޔާމްގެ 2 ސަޕޯޓަރުން ވަނީ ރައީސްއާ ސުވާލުތަކެއް ކުރިމަތި ކުރައްވާފައެވެ. ޙަސަން ޝިޔާމް ފުރަތަމަ ވާދަ ކުރައްވަން އުޅުއްވީ ސަރުކާރުގެ ޓިކެޓްގައެވެ. ނަމަވެސް ފަހުން ނަން އަނބުރާ ނަންގަވާ, ރައީސް ޔާމީންގެ ސަޕޯޓާއެކު ކުރިމަތިލެއްވިއެވެ. ޝިޔާމްގެ ކެނޑިޑަސީ ބާތިލް ކުރީ ދަރަނީގެ މައްސަލައެއްގައި ސްޕްރީމް ކޯޓުންނެވެ.

ކެންޕެއިންގައި އުޅުއްވަނިކޮށް ރައީސްގެ އަރިހަށް ވަޑައިގެން ދެ ސަޕޯޓަރަކު ވަނީ ޝިޔާމްގެ ކެނޑިޑަސީ ބާތިލް ކުރީ ކީއްވެގެންތޯ ސުވާލުކޮށްފައެވެ.

އެ ސަޕޯޓަރުންގެ ވާހަކަތައް ރައީސް ވަނީ ވަރަށް ގާތުން އައްސަވާފައެވެ. އަދި އެ މީހުންގެ ސުވާލުތަކަށާއި ކުންހީތަކަށް ޖަވާބު ދެއްވިއެވެ.

އެގޮތުން ވިދާޅުވެފައިވަނީ ޝިޔާމްގެ ކެނޑިޑަސީ ބާތިލް ކުރުމުގައި އެމަނިކުފާނުުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށެވެ.

"ރޯދައަށް މިހުރީ، އަޅުގަނޑާއި ގުޅޭގޮތުން ތި ދެންނެވީ ހުސް ދޮގު، ހަމަ ހުސް ދޮގު، އަޅުގަނޑު ވަކި މީހަކަށް ބޭ އިންސާފުން ކަމެއް ނުކުރަން،" ރައީސް އިތުރަށް ވިދާޅުވީ, އެމަނިކުފާނަކީ ޝަރުއީ ދާއިރާއަށް އަތްބާނާނެ މީހެއް ނޫން ކަމަޑެވެ. "މާތް ﷲ ގަންދީ ހުވާކޮށްފަ މި ދަންނަވަނީ ޝަރުޢީ ކޯޓުތަކަށް ނުފޫޒެއް ނުފޯރުވަން"

މިކަން ހިނގާދިގަ ގޮތުގެ ވީޑިއޯއެއް މީސްމީޑިއާގައި މިހާރު ވަނީ ވައިރަލްވެފައެވެ. އެއާއެކު ގިނަ ބަޔަކު އަންނަނީ އެ މީހުންގެ ޚިޔާލު މިކަމާމެދު ހިއްސާ ކުރަމުންނެނެވެ.

އެގޮތުން އެކްސްގައި ޚިޔާލުފާޅު ކުރި އެކަކު ބުނެފައިވަނީ, މިއަދު ރައީސް ކަންތައް ކުރެއްވި ގޮތުން އެ ދެއްކެވީ ހިތްތެރިކަމާއި, ކެތްތެރިކަމުގެ ނަމޫނާއެއް ކަމަށެވެ. އިތުރު މީހަކު ބުނެފައިވަނީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާއަކީ ރައްޔިތުންގެ ޝަކުވާތައް މަޑުމައިތިރި ކަމާއި, ކެތްތެރި ކަމާއެކު އަހަންކެރޭ ރައީސެއް ކަމަށެވެ.

ޝިޔާމްގެ ކެނޑިޑަސީ ބާތިލް ކުރުމާއެކު އޭނާވަނީ އިދިކޮޅު އެމްޑީޕީއަށް ތާއީދުކޮށްފައެވެ.

Ads by Allied Insurance
  1. ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތް ކައްޒާބް މޮޑު މަކަރުވެރިޔެއް ދިންވަރު ކުޑަ ސާބަސް މަންޖޭ

  2. ާނިޒާރު

    ވެރިއެއްގެ ހިތްތިރި ކިހާރީތި މިސާލެއް ޑޮކްޓަރ މުއިއްޒު ތިޔަ ދެއްކެވީ…