ޚަބަރު ޝަރުޢީ ދާއިރާ

ބިދޭސީއަކު ނިދާފައި އޮއްވައި ކަންފަތުލާ މުދި ފޭރިގަނެފި

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ކްރިމިނަލް ކޯޓު/ ފޮޓޯ:ދެން

ނިދާފައި އޮތް ބިދޭސީ މީހެއްގެ ކަންފަތުގައި އިން ކަންފަތު މުންޖާއި، އޭނާގެ ކަރުގައި އޮތް ރަން ފަށް ފޭރެން އުޅުނު ކްރިމިނަލް ކޯޓުން ބަންދުކޮށްފިއެވެ.

Ads by Sosun Fihaara

ކްރިމިނަލް ކޯޓުން އާންމުކުރި ކޯޓު އަމުރެއްގައިވާ ގޮތުން މި ކަމެއް ހިނގީ މިއަދުއެވެ.

އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ފޭރެން އުޅެފައިވަނީ މާލޭގެ ގެއެއްގައި ނިދާފައި އޮތް އިންޑިއާ މީހެއްގެ އަތުންނެވެ.

ފުލުހުންގެ ހާދިސާ ރިޕޯޓާއި ހަވާލާދީ އެ އަމުރުގައި ބުނެފައިވަނީ، ފުލުހުން ސީނަށް ދިޔައިރު ފޭރެން އުޅުނު ކަމަށް ބެލެވޭ މީހާ ހުރީ ބިދޭސީ މީހާ ނިދާފައި އޮތް ގޭގެ ތެރޭގައި ހިފަހައްޓާފައި ކަމަށެވެ. އަދި އޭނާ އެގެއަށް ވަނީ ނިދާފައި އޮތް އިންޑިއާ މީހާގެ ކަންފަތުގައި ލައިފައިވާ ކަންފަތު މުންޖާއި، ކަރުގަ އަޅާފައިއޮތް ރަން ފަށް ފޭރުމަށްކަމަށް އަމިއްލައަށް އެއްބަސްވެފައިވާ ކަމަށެވެ.

އަދި އޭނާ އަކީ ކުށުގެ ރިކޯޑެއް އޮތް މީހެއް ކަމަށް ކޯޓު އަމުރުން ދައްކައެވެ.

ބަންދުގެ މަޖިލީހުގައި ފުލުހުންގެ ފަރާތުން އެދުނީ އެ މީހާގެ ބަންދުގެ މުއްދަތަށް 15 ދުވަހަށް ޖަހައިދޭށެވެ. ގާޒީ ހުސެއިން ފާއިޒް ރަޝާދު ނެރެއްވި އަމުރުގައި ވިދާޅުވީ ކުށްކުރި ކަމަށް ތުހުމަތުކުރެވޭ މިންވަރެއްގެ ހެކި ހުށަހަޅާފައިވާ، ބަންދުގައި ބަހައްޓަން ނިންމާފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް ފުލުހުން އެދިފައިވާ ފަދައިން 15 ދުވަސް ޖަހާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!