ޚަބަރު

މޯލްޑިވިއަނުން އެމްޑީޕީ ގޮވައިގެން ކޯޓަށް، 5.6 މިލިއަން ރުފިޔާ ނުދައްކާ އެބަހުރި

ރައުފާ ރަޝީދު ، ދެން އޮންލައިން

މޯލްޑިވިއަނުން ދަތުރުކޮށް، ފައިސާ ދައްކާފައިނުވާތީ، 5.6 މިލިއަން ރުފިޔާ ހޯދަން އެޕާޓީއާއި ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށައަޅައިފިއެވެ.

Ads by STELCO

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސް ވިދާޅުވީ މައްސަލަ ކޯޓަށް ހުށަހެޅީ ފައިސާ ދައްކަން ތަކުރާރުކޮށް އެންގުމަށް ފަހު ކަމަށެވެ. އެ ފައިސާ ހޯދުމަށް އެކި ގޮތްގޮތުން މަސައްކަތްކޮށްފައިވާ ކަމަށާއި މިދިޔަ މަހު ވެސް ލިޔުމުން އަންގާފައިވާ ކަމަށް އިޔާސް ވިދާޅުވިއެވެ.

އެކަމަށް ވެސް ޕާޓީން އިޖާބަ ދީފައި ނުވާކަން ފާހަގަކުރައްވަމުން އިޔާސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭން ދަތުރުތަކަށް އެމްޑީޕީން ޓިކެޓާއި ކޮށްފައިވާ ޗާޓަރު ފްލައިޓުތަކަށް 5،629،861ރ. އަރާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މޯލްޑިވިއަނުން ކޮށްފައިވާ 10 ދަތުރެވެ.

އެ ދަތުރުތައް ކުރުމަށް އެއްބަސްވެފައިވަނީ ޚިދުމަތް ހޯދާ ދުވަހުން ފެށިގެން 48 ގަޑިއިރުގެ ތެރޭގައި ބިލްތަކަށް ފައިސާ ދައްކާ ގޮތަށެވެ.

އިންތިހާބުތަކާއި ދިމާކޮށް ސިޔާސީ ޕާޓީތަކުން ކްރެޑިޓަށް މޯލްޑިވިއަންއިން ހިދުމަތް ހޯދައި ފަހުން ފައިސާ ނުދައްކާ މައްސަލަތައް މީގެ ކުރިންވެސް ވަނީ ފެންމަތިވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!