ޚަބަރު

ދިވެހިންގެ އަމިއްލަ މިނިވަންކަން އޮތުމަކީ އެމްޑީޕީއަށް އުނދަގޫވާ ކަމެއް: ހީނާ

އައިކާ ޔުނާން ، ދެން އޮންލައިން

ދިވެހިން އަމިއްލަ ފައިމައްޗަށް ތެދުވެ, އަމިއްލަ މިނިވަންކަން މަތީ ކަންކަން ނިންމުމަކީ އިދިކޮޅު އެމްޑީޕީއާއި އޭރުގެ ސަރުކާރަށް ވަރަށް އުނދަގޫވާ ކަމެއް ކަމަށް ކޮންގްރެސް ޕާޓީގެ މަޖިލިސް އިންތިހާބާ ގުޅޭ ތަރުޖަމާނު އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.

ކޮންމެ ދުވަހަކު ކޮންގްރެސް ޕާޓީއިން ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ މިފަދައިން ވިދާޅުވީ އުތުރުތިލަފަޅުގައި ދަނޑުވެރިކަން ކުރުމާ ގުޅޭ ގޮތުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ދެއްކި ވާހަކައަށް ރައްދު ދެއްވަމުންނެވެ.

ފައްޔާޒް ވިދާޅުވީ, އެ ތަނުގައި ޗައިނާއިން ދަނޑުވެރިކަން ކުރުމުގެ ނަމުގައި މަސައްކަތް ކުރަނީ އަސްކަރީ ބާރުވެރިކަން ގާއިމް ކުރުމަށް ކަމަށެވެ.

އެކަމަށް ރައްދު ދެއްވައި ހީނާ ވިދާޅުވީ, އުތުރުތިލަފަޅުގައި ހިންގަމުން އަންނަނީ މުޅި ރާއްޖެއަށް އޭގެ މަންފާ ކުރާނެ ފުޑް ސެކިއުރިޓީގެ މުހިންމު ޕްރޮޖެކްޓެއް ކަމަށެވެ. މިފަދަ މުހިންމު ކަމެއްގެ ވާހަކަ އެގޮތަށް ދެއްކެވުމުން އެކަމާ ހިތާމަ ކުރާ ކަމަށް ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ, އެމްޑީޕީއަށް އަބަދުވެސް ދިވެހިން އަމިއްލައަށް ކަންކަން ކުރާތަން ބެލުމަކީ އުނދަގޫ އަދި ގަބޫލުކުރަން ދަތި ކަމެއްގެ ގޮތުގައި ފާހަގަވާ ކަމަށެވެ.

މީގެ އިތުރުން ހީނާ ވަނީ އެމްޑީޕީ ސަރުކާރުން މި ސަރުކާރަށް ވާރުތަވީ ދަރަނީގެ ބޮޑު ބައެއް ދައްކާފައިވާ ކަން ވެސް ފާހަގަކުރައްވައިފައެވެ.

މި ސަރުކާރުން މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ޕީއެސްއައިޕީގެ މަޝްރޫއުތަކަށް 1.1 ބިލިއަން ރުފިޔާ ހޭދަ ކުރައްވާފައިވާކަމަށާއި ވާރުތަވި ލޯން ރިޕޭމަންޓްތަކަށް ރައީސް މުއިއްޒުގެ ސަރުކާރުން މިހާތަނަށް 871 މިލިއަން ރުފިޔާ ދައްކާ ހަލާސްކޮށްފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.

 

  1. ޜަށު މުދިމު

    މީ ވަރައް ފިތުނަވެރި ހިޔަޅު މީހެއް. މީނަ 90ގެ އަހަރު ތަކުގަ ފެނިފައިވޭ ހާއްސަ ކާރެއް ގެ ތެރެއިން ޕަޕަރާޒީންނައް.

  2. ވިސްނާ

    ބަލަ ހީނާ ވަލީދޫ އެލޯނަށް ދެއްކި ކަމަށް
    ތިބުނާ ފާއިސާ އަކީ މުއިއްޒުގެ ބަފާގެ ތަރިކަ މުދާބަހައިގެން ލިބުނު ރުފިޔާތަ؟