ޚަބަރު

މިދިޔަ މަހުގެ ނިލަޔަށް ހަ ލައްކައަށް ވުރެ ގިނަ ފަތުރުވެރިން، ރެކޯޑް އަދަދެއް!

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންތަކެއް - ފޮޓޯ: ދެން

ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، މިދިޔަމަހުގެ ނިޔަލަށް ރާއްޖެއަށް ހަ ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

Ads by Hajj Corporation

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ނެރެފައިވާ ޑެއިލީ އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މި އަހަރުގެ ފުރަތަމަ ތިންމަސް ދުވަސްތެރޭ ރާއްޖެއަށްވަނީ 604،004 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

މިކަމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ރެކޯޑް އަދަދެއް ކަމަށެވެ. އަދި މިދިޔަ އަހަރާއި އަޅާ ބަލާއިރު، މިއީ 15 އިންސައްތައިގެ ކުރިއެރުމެއް ކަމަށެވެ. 2022 ވަނަ އަހަރުގެ ފުރަތަމަ ތިން މަހާއި އަޅާ ބަލާއިރު މިއީ 40 އިންސައްތައިގެ ކުރިއެރުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިއެރުންތަކެއް ލިބެމުންދާއިރު، މިދިޔަ ފެބުރުވަރީ މަހު ރާއްޖެއަށް ދެ ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުގައި ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6265 ފަތުރުވެރިން އާދެއެވެ. ޖުމްލަކޮށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން، މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. މިހާތަނަށް އެގައުމުން 67399 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތް ކޮށްފައިވެއެވެ.

 

  1. އަބްދޫ

    އިންޑިޔާ އިން ފަތުރުވެރިން ރާއްޖެ ނުދާން މޯދީގޮވަންފެށީމަ ރާއްޖެ އިސްތިހާރުވެ ފަތުރުވެރިންއަންނަ އަދަދު އިތުރުވެއްޖެ. މިކަމުގެ ސުކުރު މޯދީ އަށް ވެސް އޮންނާނެ.