ވަގަށް ނަގާ ވިއްކާލި ފަންކާތައް ހޯދައިފި

އެކި މިސްކިތްތަކުން ހަ ފަންކާ ވަގަށް ނެގި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ، ހައްޔަރު ކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މި މީހާ ހައްޔަރުކޮށްފައިވަނީ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ފަންކާއެއް ހިފައިގެން ދަނިކޮށް ވަނަ ދުވަހުގެ ވަގުތެއްގައި ކުށުގެ ވެށިންނެވެ. އަދި މި މައްސަލައިގެ ތަހުގީގު ގައި ފުލުހުން ކުރަމުންދިޔަ މަސައްކަތުން، ވަގަށް ނަގައި، ވިއްކާފައިވާ ހަ ފަންކާއެއް އެކި ދުވަސްމަތިން ހޯދާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާ ވަނީ 15 ދުވަހަށް ބަންދު ކޮށްފައެވެ.
އިތުރަށް ފުލުހުން ބުނީ، ފަންކާތައް ވަގަށްނެގި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާއަކީ މިސްކިތަކުން ފެން މޯޓަރު ވަގަށް ނަގާފައިވާ މައްސަލާގައިވެސް ތުހުމަތުކުރެވޭ މީހެއް ކަމަށެވެ.