މާލެއަށް މިއަދަކީ އެންމެ ހޫނު ގަދަ ދުވަސް, ހޫނުމިން 46 ޑިގްރީގައި

މާލެ ސަރަހައްދަށް މިއަދު އިހްސާސްކުރެވޭ ހޫނުމިން ހުރީ 46 ޑިގްރީ ސެލްސިއަސްގައި ކަމަށް ގައުމީ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން އާންމު ކުރި މައުލޫމާތަށް ބަލާއިރު މިއަދު 11 ޖެހިއިރު މާލޭ ސަރަހައްދުގައި އިހުސާސްކުރެވޭ ހޫނުމިން 46.3 ޑިގްރީ ސެލްސިލަސްއަށް އެރި އެވެ. މިއީ ރެކޯޑް މިންވަރެކެވެ. މެޓުން ބުނީ މިއީ މާލެ އަށް މިހާތަނަށް އެންމެ ހޫނު ގަދަ ދުވަސް ކަމަށެވެ.
އިހުސާސް ކުރެވޭ ހޫނުމިން ހުރި މިންވަރަށް ބަލާއިރު ހުޅުލޭގައި ހުރީ 46.3 ޑިގްރީ ސެލްސިއަސް, ލ. ކައްދޫ 41.9 ޑިގްރީ ސެލްސިއަސް, ގދ. ކާޑެއްދު 43.6 ޑިގްރީ ސެލްސިއަސް އަދި ސ. ގަމުގައި ހުރީ 40.8 އަށެވެ.
މެޓުން ބުނީ މިދިޔަ އަހަރުވެސް އެންމެ ހޫނުގަދަ ދުވަސްތަކުގައި އިހުސާސް ކުރެވޭ ހޫނުމިން ހުރީ 44 ޑިގްރީ ސެލްސިއަސްގައި ކަމަށެވެ.