ޚަބަރު

އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލާއަކަށް އަޝްފާން ހަމަޖައްސައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އަހުމަދު އަޝްފާން

މޯލްޑިވްސް އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލާއަކަށް އަހުމަދު އަޝްފާން ހަމަޖައްސައިފިއެވެ.

Ads by Sosun Fihaara

މިރޭ 'އެކްސް' ގައި ކުރި ޕޯސްޓެއްގައި އިމިގްރޭޝަނުން ވަނީ އެ މަގާމަށް އަޝްފާން ހަމަޖެއްސިކަން ކަށަވަރުކޮށްދީފައެވެ.

އިމިގްރޭޝަނުން ބުނީ އަޝްފާނު، އެ އިދާރާއަށް 18 އަހަރު ދުވަހުގެ ހިދުމަތް ކޮށްދީފައިވާ ކަމަށެވެ.

މީގެ ކުރިން ގައުމީ ޓީމަށްވެސް ކުޅުނު އަޝްފާން އަކީ ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ  އަލީ އަޝްފާގް (ދަގަނޑޭ)ގެ ބޭބެއެވެ.

މިހާރު އިމިގްރޭޝަންގެ ކޮންޓްރޯލާއަަކަށް ހުންނަވަނީ މުހައްމަދު ޝަމްއާން ވަހީދެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!