ޚަބަރު

ހުޅުމާލޭގެ ބިން ހިއްކާ ސަރަހައްދުތަކުން އުޅަނދުތައް ނަގަން އަންގައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ހުޅުމާލެ ފޭސް ތިނެއް‏ގެ ހިއްކާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.

އުޅަނދުތައް ނަގަން ޖެހޭ ސަރަހައްދުތައް ފާހަގަކޮށްފައިވާ ކުރެހުމެއް އާންމުކޮށް އެޗްޑީސީން ވިދާޅުވީ ޗާޓާ އެއްގޮތަށް އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އެދޭ ކަމަށެވެ.

އެ ޗާޓުގައި ފާހަގަކޮށްފައިވާ "ސައިޓް ބީ" ގައި އަޅާފައިވާ އުޅަނދުތައް މިރޭ 12:00 ގެ ކުރިން ނެގުމަށް އެ ކުންފުނިން ވަނީ އަންގާފައެވެ.

އެ ސަރަހައްދުން އުޅަނދުތައް ނެގުމަށް އެޗްޑީސީން އަންގާފައިވަނީ އެ އުޅަނދުތައް އެހެން ސަރަހައްދެއްގައި އެޅޭނެ ޖާގަ ވެސް ހަމަޖެއްސުމަށްފަހުއެވެ.

މި މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް ތިނެއްގައި 63 ހެކްޓަރުގެ ބިން އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހު 22 ގައެވެ. މި މަޝްރުއަކީ މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ކުރިއަށް ގެންދާ މަޝްރޫއެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!