ޑްރަގް ހުއްޓުވަންކުރާ މަޝްވަރާތަކުގައި މިނިސްޓްރީ ބައިވެރި ކޮށްދޭން އެދިއްޖެ
ޕޯސްޓުން ތަކެތި ގެންނަން އޮތް ނިޒާމު ބަދަލުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި ފުލުހުން ގުޅިގެން ކުރިއަށްދާ މަޝްވަރާތަކުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ޕޯސްޓުގެ ބެލެނިވެރި ފަރާތް ކަމަށްވާ ލޯކަލް ގަވަމެންޓް މިނިސްޓަރީން އެދިއްޖެއެވެ.
މިނިސްޓަރު އާދަމް ޝަރީފް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނީ، ރާއްޖޭގައި ޕޯސްޓުގެ ހިދުމަތް ހަރުދަނާކޮށް، އެ ހިދުމަތް ފުޅާކޮށް، އެ ހިދުމަތަށް ރައްޔިތުންކުރާ އިތުބާރު ދެމެހެއްޓުމަށް މޯލްޑިވްސް ޕޯސްޓުން މަސައްކަތް ކުރާނެ ކަމަށެވެ.
"ޕޯސްޓުގެ ހިދުމަތުން މަސްތުވާތަކެތި އެތެރެކުރާ މައްސަލައަށް ހައްލެއް ހޯދުމަށް ކަސްޓަމްސްއާއި ފުލުހުން ކުރަމުންދާ މަޝްވަރާތަކުގައި މޯލްޑިވްސް ޕޯސްޓްއާއެކު ޕަބްލިކް ވޯކްސް މިނިސްޓްރީ ބައިވެރިވުމުގެ ޝައުގުވެރިކަން އެބަހުރި،" ޝަރީފް ވިދާޅުވިއެވެ.
ޕޯސްޓް ހިދުމަތުގެ ތެރެއިން ރާއްޖެއަށް މަސްތުވާތަކެތި އިތުރުކުރާ މައްސަލަ ވަނީ ބޮޑުވެފައެވެ. މިކަމާއި ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސްޕްރިޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވީ ޕޯސްޓު މެދުވެރިކޮށް ޑްރަގު އެތެރެކުރުން މިހާރު އާންމުވެފައިވާ ކަމަށެވެ. އަދި ނިޒާމު އޮންނަ ގޮތުން ކޮންމެ މީހަކަށް ވެސް އެކި މީހުންގެ ނަމުގައި ޕާރްސަލަށް އޯޑަރު ކުރެވޭކަން ފާހަގަކުރެއްވިއެވެ.
ޝާކިރު ވިދާޅުވީ، މި ފަހަކަށް އައިސް އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ ތެރޭގައި ވެސް ގިނައީ ވައިގެ މަގުން އެތެރެކޮށްފައިވާ މަސްތުވާތަކެތި ކަމަށެވެ. ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމުގެ ގޮތުން، އެއާޕޯޓުގައި ހުރި ބްލައިންޑް ސްޕޮޓްތައް ދެނެގަނެ އެކަމަށް ހައްލެއް ގެންނަން އެމްއޭސީއެލްއާއެކު ވެސް މަސައްކަތްތަކެއް ކުރަމުންދާކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ޑިސްކަޝަންގެ ތެރެ