އަބްދުއްރަހީމް ވިދާޅުވީ މަޖިލީހަށް ވައްދަން ނުވާ ވަރު ވިއްސަކަށް މީހުން ވާދަކުރާ ކަމަށް
މި މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަޖިލީހަށް އިންތިހާބު ކޮށްގެން ނުވާނެ 20 ވަރަކަށް މެންބަރަކު ކުރިމަތިލާފައިވާ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ކެމްޕޭނު ބައްދަލުވުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓުގައި ފޮނަދޫ ދާއިރާއަށް ވާދަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ޕީޕީއެމް/ޕީއެންސީ އަށް ބޭނުން ވަނީ ކުރީ ސަރުކާރުން ގާނޫނީ އިމުގެ ބޭރުން ކޮށްފައިވާ ކަންތައްތައް ހަމަޔަކަށް އެޅުވުމަށް ކަމަށެވެ.
މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދަން 200 އަށްވުރެ ގިނަ ބިލު ފާސްކުރަން ޖެހޭ ކަމަށް ދާދި ފަހުން ހުޅުމާލޭ ފޭސް ދޭއްގައި ބޭއްވި ޖަލްސާއެއް ގައި ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އެކަމަށް އިޝާރާތް ކުރައްވާ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ފޮނަދޫ ދާއިރާގެ ގޮނޑި މަޖިލީހުގައި ފުރުއްވާފައިވާ އަބްދުއްރަހީމް ވިދާޅުވީ އެ ބިލުތައް ފާސްކުރެވޭނީ ގައުމާއި ރައްޔިތުންގެ ހައްގުތައް އިސްކުރާ ބަޔަކަށް ކަމަށެވެ. ވާދަވެރި ފަރާތްތަކުގެ ކިބައިން އެފަދަ އިހުލާސްތެރި ތެދުވެރިކަމެއް ފެނިވަޑައިނުގަންނަވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ވާދަވެރި ގިނަ ފަރާތްތަކަކީ މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ މެންބަރުކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ އެ މެންބަރުންގެ އިހުލާސްތެރިކަމެއް ހުރިނަމަ ގައުމު މިއަދު މިހާލަތަށް ގައުމު ނުދިޔައީސް ކަމަށެވެ. އެއީ ގައުމާއި ރައްޔިތުންނަށް ހެޔޮ ހެދޭ ބައެއް ނޫންކަން ތަކުރާރުކޮށް ވިދާޅުވިއެވެ.
ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް އެއްގޮތަކަށް ވައްދަން ހެޔޮނުވާ ވަރުގެ 20 އަށް މެންބަރުން އިންތިހާބުގައި ވާދަ އެބަކުރޭ. ރައްޔިތުން ވަރަށް ބޮޑަށް އެބަޖެހޭ މިކަންކަމާއި މެދު ވިސްނަން
އެކަމަކު އެ މެންބަރުންގެ ތަފްސީލެއް އަބްދުއްރަހީމް ނުދެއްވައެވެެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އިޝާރާތް ކުރައްވާ އޭނާ ވިދާޅުވީ މާޒީން އިބްރަތް ހާސިލުްކޮށްގެން މުސްތަގުބަލު ހޯދަން މަސައްކަތް ނުކޮށްފިނަމަ ބޭނުންވާ ކަންކަން ހާސިލުނުވާނެ ކަމަށެވެ.
މަޖިލީހުގެ އިންތިހާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓުގައި 90 ކެންޑިޑޭޭޓުން ވާދަކުރެއެވެ.
އޭގެތެރޭ އެކަކީ އަދުރޭ ދެންތިބި 19 މީހުން ހޯދަންވީ
ވަރަށް ތެދު ވާހަކަ އެއް
1. އަލީ ވަޙީދު
2. އަބުދުﷲ ޖާބިރު
3. އަދުން ހުސެއިން
4. ޖަނާބު ( ރައީސްގެ ޅިޔަނަކަށްވެގެން. ޖަނާބު އެއްމެފަހުގެ އިންތިޙާބުގައި ބުނެފައިވޭ)
5. 18 ވަނަ މަޖްލީހުގައި މެމްބަރުކަން ކުރި ކަޅުދަބަހުގާ ލާރި ބެހިމިހާ
ތިކަމާ މަވެސް އެއްބަސް
1 އަދުރޭ
އަދުރޭ އަކީ ކޮންމެހެންވެސް އެއްވަނައިގައި މަޖިލީހަށްހޮވަޖެހޭ މީހެއް. އޭނާ މަޖިލީހުގެ ރައީސުވެސް ޒިންމާ ކުރުވާނެ.
ޙިސާބު ސޯ