ޚަބަރު

ކުށަށް ޒިންމާވާ އުމުރު ދަށްކުރުމަކީ ހައްލެއް ނޫން: ޗިލްޑްރަން އޮމްބަޑްސްޕާސަން

އައިކާ ޔުނާން ، ދެން އޮންލައިން
ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމާތު ޝަފީގް/ފޮޓޯ: މިހާރު

ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު ދަށް ކުރުމަކީ މިވަގުތުގެ ހާލަތަށް އޮތް ހައްލެއް ނޫން ކަމަށް ކުޑަކުދިންގެ ހައްގުތަކާ ގުޅޭ މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ ޗިލްޑްރެންސް އޮމްބަޑްސްޕާސަން އޮފީހުން ބުނެފިއެވެ.

Ads by Hajj Corporation

ކުޑަކުއްޖަކަށް މިސްކިތެއްގެ ތެރޭގައި އަނިޔާކުރި މައްސަލައެއް ބޮޑުވެ، ސަރުކާރުން ވަނީ ކުށްކުރާ ކުދިންނަށް 15 އަހަރު ނުވާ ނަމަ، އަދަބު ނުދެވޭ ގޮތަށް އޮތްއޮތުން އުވާލައި، ކުށަށް ޒިންމާވާން ޖެހޭ އުމުރު 12 އަހަރަށް ދަށްކުރަން ނިންމައިފައެވެ.

ނަމަވެސް، އެކަމާ ދެކޮޅަށް ޗިލްޑްރަންސް އޮމްބަޑްސްމަން އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި އުމުރުގެ ކުދިން ކުށަށް ހުށަހެޅޭ އެންމެ ބޮޑު ސަބަބަކީ އެ ކުދިންނަށް ޓާގެޓުކޮށް ކުދިން އެކްސްޕްލޮއިޓުކުރުން ކަމަށެވެ.

އެ އޮފީހުން ބުނީ ކުށަށް ހުށަހެޅޭ 15 އަހަރުން ދަށުގެ ކުދިންނަށް ފަރުވާދީ ރިހެބިލިޓޭޓުކުރެވޭނެ ނިޒާމެއް ގާނޫނުގައި މިހާރު ވެސް ބަޔާންކޮށްފައިވާ ކަމަށާއި ކުދިންނާމެދު ފިޔަވަޅު އެޅުމަށް ހުރަހެއް ނެތް ކަމަށެވެ.

މިކަން ކުރުން ގާނޫނުން ލާޒިމްކޮށްފައިވާ އިދާރާތައް ޒިންމާދާރުކުރުވުމުގެ މަސައްކަތް އެ އޮފީހުން ކުރަމުން އަންނަ ކަމަށާއި އެކަމަށް އެޅޭނެ ފިޔަވަޅުތައް ވެސް ހިއްސާކޮށްފައިވާނެ ކަމަށް ބުނެފައިވެއެވެ.

އެ އޮފީހުން ވަނީ ގަނާކުރުމުގެ މައްސަލާގައި ހިމެނޭ ކުދިންގެ ފޮޓޯއާއި ވީޑިއޯތައް އާންމުކުރަމުން ދާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

Ads by Allied Insurance
  1. މުހައްމަދު ބެ

    ފާޑު ފާޑު ނަން ތައް ހަދައިގެން .. ކުޑަކުދިން ހަލާކުޖޔރަނީ .. އަޅެފަހެ މާތްﷲ ފޮނުއްވާފައިވާ ޤާނޫނު ތަންފީޒުކުރަން ފަށަން ވީނު .. އެއިރުން ހުރިހާ ކަމެއް ހައްލުވީ…

  2. އަބްދޫ

    އުމުރުން 9 އހަރު ފުރިފައިވާ ކޮންމެ މީހަކުވެސް އެމީހަކު ކުރާ ކުސަކަށް ޒިންމާ އުފުލަން ޖެހޭނެ. މީގެ ކުރިން ރާއްޖޭގެ ގާނޫނުލްއުގޫބާތުގަ އޮންނަނީ އުމުރުން 16 އަހަރު ނުވާ ކުދިންނަށް އަދަބު ލުއިކުރުމަށް ފަނޑިޔާރަށް ފުރުސަތު ލިބިދީފަ.މުޖްތަމައު އިސްލާހު ކުރެވޭނީ އިސްލާމީ އުސޫލުން ކުށުގެ ޒިންމާ އުފުލަންފެށީމަ. މީގެ ކުރީގެ ޖީލު ރަނގަޅުމަގުގަ ގެންދެވުނީ ރަނގަޅު އުސޫލު ތަކުގެތެރޭނެ ކަން ގެންދެވިފަ އޮތީމަ. 18 އަހަރުންދަށް ކުދިންނަށް ބަދަލުކޮށް ކޮންމެ ކަމެއްކުރިޔަސް ކުށަކަށް ނުވާނަމް 18 އަހަރުން މަތިވިޔަސް އޭން ކުރިްނ ކުރަމުންދިޔަ ކަންކަން އެއީ ގޯސްކަންތައްކަން ގަބޫލު ނުކުރާނެ . ސިކުނޑި ވަކި މަގަކަށް ހޭނުނީމަ އެނޫންގޮތަކަށް ދާން ބޭނުންނުވާނެ.