ޚަބަރު

އުރީދޫއިން އީދަށް ހާއްސަ އޮފަރތަކެއް

ރައުފާ ރަޝީދު ، ދެން އޮންލައިން

ފިތުރު އީދުގެ މުނާސަބަތުގައި އުރީދޫއިން ހާއްސަ އޮފަރތަކެއް އިއުލާނު ކޮށްފިއެވެ.

Ads by STELCO

އުރީދޫއިން ބުނީ އީދަށް ހާއްސަކޮށްގެން "އީދު ޕެކް" އަދި "ޗުއްޓީ ޕެކް" ތަޢާރަފްކޮށްފައިވާ ކަމަށެވެ.

އީދު ޕެކް އެކްޓިވޭޓް ކޮށްގެން އަންލިމިޓަޑް ސޯޝަލް މީޑިއާ، ކޯލް އަދި 5 ޖީބީ ޑޭޓާ 2 ދުވަހަށް އެންމެ 50 ރުފިޔާއަށް ލިބޭނެއެވެ. އީދު ޗުއްޓީ ޕެކް އެކްޓިވޭޓް ކޮށްގެން 100ޖީބީ އަދި އުރީދޫ އަށް ހިލޭ ގުޅޭނެއެވެ. އަދި ކަސްޓަމަރުންނަށް މި ޕެކް 3 ދުވަހަށް 100ރ އަށް ނުވަތަ 5 ދުވަހަށް 150ރ އެކްޓިވޭޓް ކުރެވޭނެއެވެ.

ގިފްޓް އަ ޕެކްއިން ޑޭޓާ ޕެކް ރައްޓެއްސަކަށް ނުވަތަ އާއިލާ މީހަކަށް ހަދިޔާ ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.

އަދި ޓެކްސްޓް އަ ކޮފީ އުރީދޫ އެޕް މެދުވެރިކޮށް ރައްޓެހިންނަށް ހަދިޔާއެއް ފޮނުވާލައިގެން 1 ޖީބީ ހިލޭ ލިބޭނެ ކަމަށްވެސް އުރީދޫއިން މައުލޫމާތުދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!