ޚަބަރު

ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހަށް ސަރުކާރުގެ ރަސްމީ ގަޑި ކަނޑައަޅައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މި އަހަރުގެ ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި ކަނޑައަޅައިފިއެވެ.

Ads by Sosun Fihaara

ރައީސް އޮފީހުން ވިދާޅުވީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް ހަ ރޯދައިގައި، ސަރުކާރު އޮފީސްތައް ހުޅުވާނީ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށެވެ.

ހިޖުރީ 1443 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ރަސްމީ ގަޑިއާއި، ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި މިގޮތަށް ހަމަޖައްސަވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 6 މާރިޗު 2022 ގައި ނެރުއްވި ދެންނެވުމުންނެވެ.

މިދިޔަ އަހަރުގެ ރޯދަ މަހުގެ ރަސްމީ ގަޑިއަކީވެސް ހެނދުނު 9:00 އިން މެންދުރުފަހު 1:00 އެވެ. ނަމަވެސް އޭގެ ކުރީ އަހަރު ރަސްމީ ގަޑި ފަށާފައި ވަނީ ހެނދުނު 10:00 ޖެހި އިރުއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!