ދީން

އެންމެ ތުއްތުއިރުން ފެށިގެން ދަރިން، ނަމާދަށް އަހުލުވެރިކުރުވުމަކީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިޔަތެއް: ހުތުބާ

ރައުފާ ރަޝީދު ، ދެން އޮންލައިން

އެންމެ ތުއްތުއިރުން ފެށިގެން ދަރިން، ނަމާދަށް އަހުލުވެރިކުރުވުމަކީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިޔަތެއް ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވާ މައުޞޫއު އަކީ" ދަރީން ނަމާދަށް އަހުލުވެރިކުރުވުން" މިއެވެ.

ހުތުބާގައި ބުނެފައިވަނީ ކޮންމެ މަންމައަކާއި ބައްޕައަކުވެސް އަމާނާތެއްގެ ގޮތުގައި، އެދެމީހުންނާ الله سُبْحَانَهُ وَتَعَالَى ޙަވާލު ކުރައްވާފައިވާ ދަރީންނާމެދު ޒިންމާދާރު ބަޔަކަށް ވާންޖެހޭ ކަމަށެވެ. އަދި އެ ދަރިންނަށް އިސްލާމީ ތަރުބިޔަތުން ތަރުބިޔަތު ލިއްބައިދީ އެކަމުގައި ނަމޫނާ ދައްކަން ޖެހޭ ކަމަށާއި، މުސްލިމަކަށް ވުމަށް ބޭނުންވާ މައިގަނޑު ޝަރުޠަކީ ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔައި ހިތުން ތެދުކޮށް ޤަބޫލުކޮށް، ބަހާއި ޢަމަލުން ކިޔަމަންތެރިކަން އަދާކުރުން ކަމަށް ހުތުބާގައި ބުންޏެވެ. އެއަށްފަހު، ދެން އެންމެ އިސްކަމެއް ދޭން ޖެހެނީ ނަމާދަށެވެ. ނަމާދަކީ ދީނުގެ ތަނބު ކަމުގައިވީ ހިނދު، ނަމާދަކީ އަހަރެމެން ކޮންމެ މުސްލިމަކުމެ އަދާކުރުން ވާޖިބު އަޅުކަމެކެވެ.

ހުތުބާގައި ބުނީ އެންމެ ތުއްތު އިރުން ފެށިގެން ގޭތެރޭގައި ނަމާދުކުރާ މަންޒަރު ކުއްޖާއަށް ފެނުމަކީ ނަމާދު ކުރުމަށް އާދަވާނެކަމެއް ކަމަށާއި އެންމެ ފުރަތަމަ ނަމާދުގެ ޙަރަކާތްތައް ކުއްޖާ ދަސްކުރާނެ ކަމަށެވެ. އޭގެ ފަހުން ބަސްމޮށުންތެރިކަން އައުމުން ނަމާދުގައި ކިޔާ ދުޢާތައް ކިޔަން މަސައްކަތް ކުރާނެއެވެ.

"ނަމާދަށް ބަންގި ގޮވާ އަޑު އިވުމުން ދަރިފުޅާ އަވަހަށް ނަމާދަށް ދާށޭ ބުނުމުގެ ބަދަލުގައި، ދަރިފުޅާ ނަމާދު ކުރަން ހިނގާށޭ ބުނަން ޖެހެއެވެ.  އަދި ނަމާދު ވަގުތު ޖެހުމުން، އެންމެ އިސްކަމެއް ދޭން ޖެހޭ ކަމަކީ، ނަމާދު ކުރުން ކަމުގައި ހަދަން ޖެހެއެވެ. ދަރިންގެ ހިތުގައި މިސްކިތަށް ލޯބި ޖެއްސުމާއި، ނަމާދަށް ޝައުޤުވެރި ކުރުވުމަކީ އެންމެންގެ ޒިންމާއެކެވެ" ހުތުބާގައި ބުންޏެވެ.

އަދި ކުޑަކުދިން މިސްކިތަށް އަހުލުވެރި ކުރުވުމުގައި ބެލެނިވެރިންގެ ސަމާލުކަން ނުހަނު ބޭނުންވާނެ ކަމަށާއި މިސްކިތުގެ އަދަބުތައް އެކުދިންނަށް ދަސްކޮށްދިނުމާއި، ސަފުގައި ހުއްޓި ހުންނަންވާ ގޮތް އެކުދިންނަށް ކިޔައިދިނުމަކީ، މިސްކިތުގެ ޖަމާޢަތަށް ޙާޟިރުވާ ބޮޑެތި މީހުންގެ ފަރާތުން ލިބިދޭން ޖެހޭ އިރުޝާދެއް ކަމަށެވެ.

  1. ތަދޯ

    ރާއްޖޭގެ ތިޖޫރީ އަކު ފައިސާ އެއް ނެތޭ މިހާރު ދައްކަނީ އެއީ ދަޅައެކޭ ހަގީގަތުގައި ދުނިޔޭގެ އިގްތިސާދަށް ކުޑަ ވެސް ލޮޅުމެއް އަތުވެއްޖެނަމަ ރާއްޖެ އިނދަޖެހޭނެއޭ މިފަހަރު މުއިއްޒުގެ ނެތޭ އެއްވެސް އިގްތިސާދީ ސިޔާސަތެއް ޓޫރިޒަމް އިން ލިބޭ އާމްދަނީއަކީ އެއީ އޭނާ ވެރިކަމަށް ފާވިއިރު ވެސް ލިބެމުން އަންނަ އާމްދަނީ އަކަށްވާތީވެ އެ ކަން އެމަގުން ހިނގަނީއޭ ޗައިނާގެ ބާޒާރު ރާއްޖެ އަށް ފުޅާ ކުރަން ހަގީގީ މާނައިގައި ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރެއޭ ދެން ދައުލަތަށް ވަންނަ އާމްދަނީ އިތުރު ކުރަން ރައްޔިތުން އަތުން ޓެކްސް އިތުރަށް ނަގާ ސަބްސިޑީ ކަނޑާލަން މިހާރު އެބަދަވި ވިސްނަނީ އެކަން ކުރާނީ އޭނާ މަޖްލީސް މެދުވެރިކޮށޭ އެއިރުން ހަނޑޫކިލޯ އެއް ވިއްކާނީ 50 ރުފިޔާ އަށޭ ހަގީގަތުގައި މިރާއްޖޭގައި ހުރި ކޮންމެ ރިސޯރޓަކަށް މާލެ ސަރަހައްދުން ތިލަފުށިން ނަމަވެސް މަޖްބޫރުކޮށްގެން ނަމަވެސް ކޮންމެ ރިސޯރޓަކުން 1 ހެކްޓަރުގެ ބިން 10 މިލިއަން ޑޮލަރަށް ގަނެގެން އެމެންގެ މާލެ އޮފީސް ތިލަފުއްޓަށް ބަދަލު ކޮށް ހަދާ އަދި އެގޯތީގައި އެމެން ވާރޓިކަލް ފާރމިންގް ހަދާ ގޮތަށް ހަދާ ރިސޯރޓަށް ބޭނުންވާ އެއްވެސް ތަރުކާރީ އެއް ރާއްޖޭން ބޭރުން ހުއްދަ ނުދޭ ގޮތަށް ހެދުމުން އެއިރުން ރާއްޖޭގެ އިގްތިސާދުގެ އެތެރޭގައި ޑޮލަރު ހިފެހެއްޓޭނެއޭ އެއީ ޔަގީން ކަމެކޭ ލަންކާ އިން ޓޮމާޓޯ އާއި ތަރުކާރީ ގަންނަން ރިސޯރޓް ތަކަށް ނުޖެހޭ އެކަމަކު މިރާއްޖޭގެ ވިޔާފާރި ކުރިއަރުވާނެ އެއްވެސް ގޮތެއް މުއިއްޒު އަކަށް ނޭގެއޭ ކެނެރީގެ ނަޝީދު މެން އެއީ ކަނޑުކޮހުންނަށް ވާއިރު އެމެންނަށް ނޭގުނަސް އެއީ މަމެންނަށް މައްސަލަ އެއް ނޫނޭ އެކަމަކު ޕީޕީއެމް ގެ ވެރިކަމަކީ އިގްތިސާދީ އާ ގޮތްތައް ރާއްޖެ އަށް ތައާރަފް ކޮށް ދިވެހި ވިޔާފާރި އިންޑަސްޓްރީ ފުޅާ ކުރަން މަސައްކަތް ކުރާ ބަޔަކަށްވާއިރު މުއިއްޒު އަށް މިފަދަ އެއްވެސް މަސައްކަތެއް ނުކުރެވެއޭ މުއިއްޒު އެއީ ސީދާ މުނާފިގެކޭ މުނާފިގު މުއިއްޒު އަށް ވާނީ ސަރުކާރުގެ މާލިއްޔާ އިން ވައްކަން ކުރުމޭ އޭނާ އަކީ އެއީ ބޮޑު ކަނޑުކޮހެކޭ މަމެން ގަބޫލެއް ނުކުރަމޭ އޭނާގެ ޕީއެޗްޑީ ވެސް އެއީ ގަނެގެން އުޅޭ ފޭކް އެއްޗެކޭ…

  2. ދިސްވޭ

    ރާއްޖޭގެ އިގްތިސާދު ވޭތުވެދިޔަ 100 އަހަރަށް ބަލާ ދިރާސާ ކުރަން ޓައިމް ވެލިއު ފޯރ މަނީ މި ފަދަ ސިމްޕްލް އީކްއޭޝަން އެއް ބޭނުންކޮށްގެން ދިރާސާ ކުރިނަމަވެސް މި 100 އަހަރު ރާއްޖެތެރެއަށް ކުރި ހުރިހާ ޚަރަދެއް ކުރަނީ އެއީ މާލެ ސަރަހައްދުގެ ވިޔާފާރިވެރިން އުނަގަނޑު ބިންދައިގެން އެމެން ހޯދާ ފައިސާ އިން ސަރުކާރަށް ދައްކާ ފިދްޔަ އިންނޭ ހިސާބު އިލްމް ބުނަނީ ރާއްޖެ ދަރަނިން ސަލާމަތް ކުރަން ރާއްޖެތެރެ ބާއްވާ މާލެ ސަރަހައްދު ފަޅުތައް ހިއްކާ ބިން ވިއްކާށޭ އިގްތިސާދަކީ އެއީ ސިޔާސީ ވެރިއަކު ބުނާ ގޮތަށް މަސައްކަތް ކުރާނެ އެއްޗެއް ނޫނޭ އެއީ ހިސާބު އިލްމް ބުނާ ގޮތަށް މަސައްކަތް ކުރާ އެއްޗެކޭ ހިސާބު އިލްމް ދޮގު ނަހަދާނެއޭ ސަބަބަކީ މުޅި މިއާލަމް އުފައްދަވާފައިވަނީ ހިސާބު އިލްމް ބޭނުންކޮށްގެން ހިސާބު އިލްމް ނެތް ނަމަ މިއާލަމް ވެސް ނެތީސްއޭ ވުޑްންޓް އިޓް ބީ ބިއުޓިފުލް،…