ޚަބަރު

ލ. އަތޮޅަށް ތަރައްގީ ގެނެސްފައި ނެތް މިންވަރަށް މި ސަރުކާރުން ތަރައްގީ ގެނެސްދޭނަން: ރައީސް

ރައުފާ ރަޝީދު ، ދެން އޮންލައިން

ލ. އަތޮޅަށް ތަރައްގީ ގެނެސްފައި ނެތް މިންވަރަށް މި ސަރުކާރުން މިހާރުވެސް ތަރައްގީ ގެނެސްދެއްވާފައިވާ ކަމަސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ލ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ގަމުގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ, ގަމުގެ ތަރައްގީއަށް ކުރަން ހުރި ގިނަ ކަންތައްތަކެއް ރިޔާސީ އިންތިހާބުގެ ދުވަސްވަރުގައި ފާހަކުރައްވާފައިވާ ކަމަށެވެ. އަދި ރަސްމީކޮށް ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ވެސް އެކަންތައްތައް ހިމަނާފައިވާ ކަމަށާއި އެ މަޝްރޫއުތަކުގެ މަސައްކަތް އެކި މަރުހަލާތަކުގައި މިހާރު ފެށިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ގަމުގެ ތަރައްގީގެ މަސައްކަތުގެ އަމަލީ ސިފަ, އަމަލީ ގޮތުން ނަތީޖާ ނެރެދޭނަން. ކޮންމެ ދާއިރާއަކަށް ވެސް އެ ދާއިރާއެެއްގެ ރައްޔިތުން ބޭނުންވާ ކަންކަމަކީ އަމަލީ ގޮތުން ނިިންމައިދީ, ފުރިހަމަކޮށްދޭނެ ކަންކަން ކަމަށް އިރާދަކުރެއްވިއްޔާ ހަދައިދޭނަން" ރައީސް ވިދާޅުވިއެވެ.

އެކަންކަން ކުރުމުގެ މަސައްކަތްތައް މިހާރުވެސް ކުރަމުންދާ ކަމަށާއި މުޅި ރާއްޖޭގެ ތަރައްގީއަށް ބަލާއިރު ދެމެހެއްޓެނިވި ތަރައްގީގެ ސިޔާސަތުގެ ދަށުން އެ އަތޮޅަކީ ތަރައްގީގެ ވަރަށް މުހިންމު އަތޮޅަަކަށް ހަދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ލ. އަތޮޅަށް ހާއްސަ އިސްކަމެއް ދެއްވާނެކަމަށާއި އެގޮތުން ފަތުރުވެރިކަން ފުޅާކުރުމަށާއި, ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި މިހާތަނަށް އެ އަތޮޅަށް ތަރައްގީ ގެނެސްފައި ނެތް މިންވަރަށް މި ސަރުކާރުން ތަރައްގީ ގެނެސްދެއްވާނެއެވެ.

ތަރައްގީގައި ހުރިހާ ރައްޔިތުންނަށް ވެސް އެންމެ މުހިންމު ކަމަކީ ގެދޮރުވެރިކަން ކަމުގައި ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ގަމުގެ ރައްޔިތުން އެދޭ ތަރައްގީގެ ހުރިހާ ކަމެއްވެސް ފުރިހަމަ ކޮށްދެއްވާނެކަމަށެވެ. އަދި ގަމުގައި މިހާރު ފެށިފައިވާ 100 ހައުސިން ޔުނިޓުގެ މަޝްރޫއު ފުޅާކުރަން ނިންމަފާއިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!