މި ސިޓީއަށް ގެންނަން ބޭނުންވާ، ނައިސް ހުރި ތަރައްގީ ގެނައުމަށް ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވާ
އައްޑޫ ސިޓީއަށް ގެންނަން ބޭނުންވާ، ނައިސް ހުރި ތަރައްގީ ގެނައުމަށް ވެސް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ރައިސް ޑރ. މުޙައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
އައްޑޫ ސިޓީގައި މިރޭ ބޭއްވުނު ކެމްޕޭނު ޖަލްސާގައި އެ ސިޓީގެ ރައްޔިތުންނާއި މުޚާތަބުކުރައްވަމުން ރައިސް ވިދާޅުވީ، އެމަނިކުފާނު އެދިވަޑައިގަންނަވަނީ އައްޑޫ ސިޓީ އަކީ މާލެ އެކޭ އެއް ފެންވަރަށް ތަރައްގީ ވެފައިވާ ސިޓީއަކަށް ހެދުން ކަމަށެވެ.
"ތަރައްގީގެ އުންމީދުގައި ދެބަ ދޭތެރެ ޖެހެފައި ތިބި ބަޔަކަށް އައްޑޫގެ ރައްޔިތުން ވާކަށް ނޭދެން،"
އެމަނިކުފާނު ވިދާޅުވީ ނިމިދިޔަ ސަރުކާރުން ފަސް އަހަރު ދުވަސް ތެރޭގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް ހިންގާފައި ނުވާކަމަށެވެ. ނަމަވެސް ވެރިކަން ނިމުމަކަށް އައިސް އިންތިޚާބު ބޯމަތި ވުމުން އެ ސަރުކާރުން ވަނީ އެކި އެކި ތަރައްގީގެ މަޝްރޫއު ފެށުމުގެ މަސައްކަތް ކޮށްފައި ކަމަށެވެ.
އެކަމާ ގުޅުވާ އެމަނިކުފާނު ވިދާޅުވީ ފަސް އަހަރު ނިމެން ގާތް ވީމަ ދެން މަސައްކަތް ފެށުމަކީ އެއީ ރަނގަޅުގޮތެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނު އެދިވަޑައިގަންނަވަނީ މި ސަރުކާރުގެ ވެރިކަން ނިމުމަކަށް އައުމުގެ ކުރިން ތަރައްގީގެ މަޝްރަހުތައް ފެށިގެން ނިންމުމަށް ކަމަށްވެސް ރައިސް ވިދާޅުވިއެވެ.
"އަޅުގަނޑު މިވާ ހުރިހާ ވައުދަކީ ފުއްދަން ވާ ވައުދު ތަކެއް އެއީ އިޚުލާސްތެރިކަމާއި އެކު ފުއްދަން ވާ ވައުދު، ތަކެއް އެކަމުގެ މަސައްކަތް ވާނީ ހަފްތާ 14 ތެރެއިން ފަށާފައި" ރައިސް ވިދާޅުވިއެވެ.
އެގޮތުން ކުރިއަށް އޮތް ދެމަސް ތެރޭގައި އައްޑޫގައި އަޅަން ހަމެޖެހިފައިވާ ބްރިޖުގެ އަމަލީ މަސައްކަތް ފެށިގެން ދާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައިއެވެ.
އިތުރުން، އައްޑޫ އަތޮޅުގެ ހުރިހާ ރަށެއްގެ ފެނުގެ ނިޒާމު ތަރައްގީ ކުރަން މި ހަފްތާ ތެރޭގައި ހަވާލުކުރެވޭނެ ކަމަށާއި އެ ސިޓީގައި ހާލަތު ގޯސްވެފައި ހުރި މަގުތަކުގައި އަލުން ތާރު އެޅުމުގެ މަސައްކަތްވެސް ހަވާލުކުރެވިގެން ދާނެ ކަމަށް ރައިސް ވިދާޅުވިއެވެ.