ޚަބަރު އިޖުތިމާޢީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި 18 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

ފައިނާ ފާއިޒް ، ދެން އޮންލައިން
ހުޅުމާލެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒަޚަމްވި ޒުވާނަކު މިރޭ ނިޔާވެއްޖެއެވެ.

Ads by Sosun Fihaara

މި އެކްސިޑެންޓު ހިނގާފައި ވަނީ ނިމިދިޔަ ހަފްތާގެ ހުކުރު ދުވަހުގެ ހަވީރު 17:00 ގައި ނިރޮޅުމަގާއި ގުލްއަލާމާ ހިނގުން ގުޅުނު ކަންމަތިން ހުރަސް ކުރި ދެ ސައިކަލު ޖެހިގެންނެވެ.

އެކްސިޑެންޓުގައި ޒަޚަމްވެފައި ވަނީ އުމުރުން 18 އަަހަރުގެ ދ. ކުޑަހުވަދޫ، ރޭދުވާ، މުހައްމަދު ވިޝާލްއެވެ.

އޭނާ ނިޔާވެފައި ވަނީ އޭޑިކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށްށެވެ.

ވިޝާލްގެ ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ސަހަރާގައި މިރޭ 12:00 ގައިއެވެ.

އެ އެކްސިޑެންޓާ ގުޅިގެން އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ހުޅުމާލެ ފޭސް ދޭއް އިންވެސްޓިގޭޝަން ޑިއުޓީ ނަންބަރު 9393351 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން އެދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!