ދުނިޔެ

އިންޑިއާގައި ޕަބްޖީ ކުޅުން މަނާ ކޮށްފި، ދެން އޮތީ ރާއްޖެ ބާ؟

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އިންޑިއާގައި ޕަބްޖީ ކުޅުން މަނާ ކޮށްފިއެވެ.

Ads by Sosun Fihaara

މީގެ އިތުރުން 117 އެޕްލިކޭޝަނެއް ވެސް އެގައުމުގައި ވަނީ މަނާ ކޮށްފައެވެ.

އިންޑިއާ އިން މީގެ ދުވަސްކޮޅެއް ކުރިން ވަނީ ގިނަ ބަޔަކު ބޭނުން ކުރާ ގިނަ ބަޔަކު އެއެއްޗެއްގެ އަވައިގައި ޖެހި "މޮޔަ" ވެފައިވާ ޓިކްޓޮކްވެސް ބޭނުން ކުރުން މަނާ ކޮށްފައެވެ. މިކަމުގެ ސަބަބުން ވެސް ގިނަ ބަޔަކު ވަނީ ހިތާމަ ފާޅުކޮށްފައެވެ.

ޕަބްޖީ ކުޅުން އިންޑިއާގައި މަނާ ކޮށްފައިވާއިރު ޕަބްޖީ އިން އިއްޔެ ވަނީ 20 ލައްކަ މީހުންގެ ޕަބްޖީ ޕްރޮފައިލްތަކުން އެ ގޭމް ނުކުޅެވޭ ގޮތް ހަދާފައެވެ. އެއީ ހެކުކޮށް މަކަރު ހަދައިގެން ޕަބްޖީ ކުޅޭ މީހުން ކަމުގައި ޕަބްޖީ އިން ވަނީ ބުނެފައެވެ. ޕަބްޖީ އިން މި މީހުން ގޭމް ކުޅުން މަނާ ކޮށްފައި މިވަނީ ފާއިތުވި ހަފްތާގެ ތެރޭގައެވެ. އެގޮތުން ޖުމްލަ 2،273،153 އެކައުންޓު ވަނީ ސަސްޕެންޑު ކޮށްފައި ކަމުގައި ޕަބްޖީ އިން ބުނެއެވެ.

ޕަބްޖީއަކީ ރާއްޖޭގެ ގިނަ ޒުވާނުންވެސް އޭގެ އަވައިގައި ޖެހި އަބަދާއި އަބަދު އެހެން ހުރިހާ ކަމެއް ދޫކޮށްލާ ކުޅެމުންދާ ގޭމެކެވެ. ޕަބްޖީ ކުޅުން ރާއްޖޭގައި މަނާކޮށްފި ނަމަ ގިނަ ބަޔަކު އެކަމާ ހިތާމަ ކުރާނެކަން ޔަގީނެވެ. ސުވާލަކީ އިންޑިއާގައި ޕަބްޖީ ކުޅުން މަނާ ކުރުމަށް ފަހު ދެން މަނާ ކުރާނީ ރާއްޖޭގައި ބާވައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!