ޚަބަރު

މައްސަލަ ހައްލުކޮށް, ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކަރަންޓު ދީފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މައްސަލަ ހައްލުކޮށް, ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަލުން ކަރަންޓު ދީފިއެވެ.

Ads by STELCO

އެއާޕޯޓުން ކަރަންޓު ކެނޑިފައި ވަނީ މިއަދު ހެންދުނު 8:30 ހާއިރުއެވެ. އޭގެ ސަބަބުން ޗެކިން ކުރުމަށް ބުރޫއަރައި، ބައެއް ފްލައިޓުތައް ވަނީ ޑިލޭވެފައެވެ.

އެ ކުންފުނީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ޝައްމާން ޝާކިރު "ދެން"އަށް މަޢުލޫމާތު ދެމުން ވިދާޅުވީ މައްސަލަ ހައްލުކޮށް މިހާރު އެއާޕޯޓަށް އަލުން ކަރަންޓު ދީފައިވާ ކަމަށާއި އެއާޕޯޓުގެ މަސައްކަތްތައް އަލުން ފަށާފައިވާ ކަމަށެވެ. މިކަމާއި ގުޅިގެން އާންމުންނަށް ދިމާވި ދަތިތަކަށް މާފަށް އެދޭ ކަމަށް ވެސް ވިދާޅުވިއެވެ.

ވީއައިއޭ އަށް ކަރަންޓް ދެނީ އެ އެއާޕޯޓް ހިންގަމުން އަންނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލް އިން އަމިއްލައަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!