Thursday, 5 November 2026
Advertisement
MWSC — SmartMeter (leaderboard)
ރިޕޯޓް

އުމްރާގައި ތާށިވި މީހުންގެ ދުލުހުން އެ ދަތި ހާލަތު

އުމްރާގައި ތާށިވި މީހުންގެ ދުލުހުން އެ ދަތި ހާލަތު

"އެމީހުންނަށް މާދަމާވެސް އަޅުގަނޑުމެން ފޮނުވޭނެ މާލެއަށް. ޖިއްދާއިން މާލެއަށް ޑައިރެކްޓް ފްލައިޓް އެބަހުއްޓޭ. އެމީހުން ކުރިން ޓިކެޓް ނަގާފައި އެގޮތަށް އޮތީމަ ގޮތް ދޫނުކުރަން ވެގެން އެ އުޅެނީ. އެކަމަކު މިތަނުގައި އެބަތިބި ބަލި އެތައް ބަޔަކު. މުސްކުޅި އެތައް ބަޔަކު, ބަލިހާލުގައި. ރާއްޖެ ދެވޭނެ ކަމަށް ވަރަށް ހިތްވަރު ކޮށްގެން މިތިބީ" ނަން ހާމަނުކުރުމަށް އަލްބުރޫޖްގެ ހަވާލުގައި އުމްރާއަށް ގޮސް ހުރި މީހަކު،  ''ދެން'' އާ ވާހަކަ ދައްކަމުން ބުންޏެވެ.

މިއީ އެ ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ 39 ދިވެހިންގެ ހާލަތެވެ. އެމީހުން ތިބީ އަނބުރާ ރާއްޖެ ނާދެވި މައްކާގައި ތާށިވެފައެވެ. މައްކާއިން ފުރަން އެއާޕޯޓަށް ދާން އޮތް ބަސް ހޮޓަލަށް އައުން ލަސްވީއެވެ.

<strong>ނުފުރުމުން ވެސް ގްރޫޕުން މައުލޫމާތެއް ނުދޭ!</strong>

Advertisement
Allied — Dhen Online (box)

އެމީހުން ރާއްޖެ އަންނަން އޮތީ އިއްޔެއެވެ. ވާހަކަ ދެއްކި މީހާ ބުނީ ފުރަން ދާން ތައްޔާރުވެގެން ރޫމުން ޗެކްއަޓުވެ، ހޮޓަލުގެ ލޮބީގައި ދެ ގަޑިއިރުވަން ދެން މަޑުކުރަން ޖެހުނު ކަމަށެވެ. ހޮޓަލުން ހަވީރު ފަހެއް ޖެހިއިރު ނައްޓާލި މީހުންނަށް އެއާޕޯޓަށް ދެވުނީ ރޭގަނޑު 9:15 ހާއިރުއެވެ. އެއާޕޯޓުގައި 30 މިނެޓު ވަންދެން މަޑުކުރުމަށް ފަހު ދެން ބަސް ދުއްވަންފެށީ އަނބުރާ ހޮޓަލާއި ދިމާލަށް ކަމަށް އެ މީހާ ކިޔައިދިނެވެ.

''ވީގޮތް ސާފުނުވެގެން އަހަރުމެން އަލްބުރޫޖްއިން ހަދާފައިވާ ގްރޫޕް ޗެޓްގައި އެހުމުން ބުނީ ޗެކިން ކައުންޓާ ބަންދުކުރީ ކަމަށް'' އޭނާ ކިޔައިދިނެވެ.

<img class="alignnone wp-image-220337 size-full" src="https://cdn.dhen.mv/wp-content/uploads/2024/04/ad7b9bf5-8c95-4f52-bf75-8ee19d26563e.jpg" alt="" width="1280" height="720" />

"ކައުންޓަރެއް ކްލޯސް ކޮށްފިއްޔާ ދެން ނުދޭނެ ދޯ ފުރުސަތެއް. 10 ޖަހާއިރަށް ރިޔާދަށް ދާން އޮތް ފްލައިޓެއް އެއީ. 9:15 ގައި ކައުންޓާ ކްލޯސް ކުރީމަ ދެވުނީމަ އެއީ ވަރަށް ބޮޑު މައްސަލައެއް. މާލެއެއް ނޫނެއްނު މިއީ ޗެކްއިން ފެށީމަ ހުޅުލޭ އެއާޕޯޓަށް ދާކަށް. މިއީ ބޮޑު ގައުމެއްނު. ގިނަ މީހުންނަކީ 21 ވަނަ ދުވަހު ވަޒީފާއަށް ނުކުންނަން ޖެހޭ މީހުން. ބައެއް މީހުން އެބަތިބި ނޯޕޭ ލީވްގައި. އަޅުގަނޑުވެސް މިހުރީ ނޯޕޭގައި. އެކަމަކު އެމީހުން ޒިންމާ ނަގާނެތަ؟ ނުނަގާނެ،" ކަންބޮޑުވުން ފާޅުކުރަމުން އެ މީހާ ބުންޏެވެ.

ވަޒީފާގައި އުޅޭ މީހުންނަށް ވެފައި، ޒިންމާތަކެއް ބޮލުގައި އަޅައިގެން ތިބުމުން މާ ގިނަ ދުވަހު މަޑުކުރަން ޖެހުމުން ގިނަ މީހުންނަށް ވަނީ ވޭނަކަށެވެ. އެ މީހުން ތިބީ އަނބުރާ ރާއްޖެ އާދެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. އެހެންވެ އަވަހަށް އާދެވޭނެ ގޮތެއް ހޯދަން ގްރޫޕުގެ ވެރިން ގާތުން އެދުމުންވެސް އަދި އެކަން ހަމަޖައްސާފައި ނުވެއެވެ.

<img class="alignnone wp-image-220326 size-full" src="https://cdn.dhen.mv/wp-content/uploads/2024/04/photo1713537539-e1713549402802.jpeg" alt="" width="752" height="846" />

<strong>އަތްމަތި ހުސްވެފައި، ހުރުމާއި ކެއުމުގެ ހާލަތުވެސް ގޯސް </strong>

އަލްބުރޫޖުގެ ހަވާލުގައި ދިޔަ މީހުން ބުނި ގޮތުގައި ކެއުމުގެ މައްސަލަތަކެއް ވެސް އެމީހުންނަށް ދިމާވިއެވެ. ކައްކަނީ ތިން ގްރޫޕުގެ އުމްރާވެރިންނަށް އެއްކޮށް ކަމަށް ވާތީ، ކާއެއްޗެހި ލިބެނީ ކުރިން ކާން ދެވޭ ބަޔަކަށެވެ. އެހެން ނޫންނަމަ ދެން ޖެހެނީ ކާއެއްޗެހި އަމިއްލައިން ގަންނާށެވެ.

"ކޮމްބައިންކޮށް 3 ގްރޫޕަށް އެއްކޮށް ކައްކަނީ. ފުޑް ވެސް ހުންނަނީ ލިމިޓް ކޮށްފައި. ގިނަ މީހުންނަށް  ރަނގަޅު ކާއެއްޗެއް ވެސް ނުލިބޭ. ހަމަ ބުނާއިރަށް ބުނޭ ހުސްވީމަ، އެ ހުސްވީއޭ. ރޯދަ މަހު ރޯދަ ވީއްލަން ހައެއް ޖަހާއިރު ދާއިރު، 6:20 ގައި ހެދިކާއާއި ކާއެއްޗެހި ހުސްވޭ." އޭނާގެ ޝަކުވާތައް އޮއްސާލިއެވެ.

މިހާރު އޮޮތް ގޮތުންނަމަ އެ މީހުންނަށް އެންމެ އަވަހަށްވެސް ފުރެން އޮތީ މި މަހުގެ 26 ގައެވެ. އެހެންވެ އަތްމަތި ދަތިވެފައިވާ ކަމަށް ވާހަކަ ދެއްކި މީހާ ބުންޏެވެ.

<img class="alignnone wp-image-220335 size-full" src="https://cdn.dhen.mv/wp-content/uploads/2024/04/5bfad30e-3232-4e2d-ad7b-f51330312096.jpg" alt="" width="960" height="540" />

"އަނެއްކާ އިއްޔެގެ އިރު އޮއްސުމާއި ހަމައަށް އެންމެން ބާޒާރުކޮށް ހުރިހާ ރިިޔާލެއް ހުސްކޮށްފި. އެކަކު އަތުގައި ވެސް ބައި ރުފިޔާއެއް ވެސް ނެތް. ދެން މިޖެހުނީ އެ މީހުން (ގްރޫޕުން) ދިން އެއްޗެއް ކައިގެން ތިބެން،"

އަލްބުރޫޖުގެ ފަރުވާކުޑަވެގެން މިފަދަ ކަމެއް ވެދާނެ ކަމަށް އެއްވެސް އުމްރާވެރިއަކު އުއްމީދެއް ނުކުރެއެވެ. މިއީ ވެގެން ވާނެ ވަރުގެ ކަމެއް ނޫނެވެ. މީގެ ސަބަބުން ގެއްލެނީ އެތައް ބައެއްގެ ހައްގެވެ. ހަވާލުގައި ބަޔަކު ގެންދާއިރު ޒިންމާ ނުނެގޭނަމަ އެކަން ކުރުމުގެ ބޭނުމެއް ނެތެވެ. އުމުރު ދުވަހު އެއްކޮށް ހައްޖުގެ އަޅުކަމާއި އުމުރާގެ އަޅުކަމަށްދާ މީހުންނަށް މިގޮތަށް ކަންކަން ކުރުމަކީ ބަލައިގަނެވޭފަދަ ކަންތައްތަކެއް ނޫނެވެ. މިކަން ކުރާ މިހުން ޖަވާބުދަރިކުރުވަން ޖެހެއެވެ. އަދި ރައްޔިތުންވެސް ހޭލުންތެރިވާން ޖެހެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް