ޚަބަރު

ދަރަނީގެ ހާލަތުން އަރައިގަންނަން ޑިމޮކްރެޓްސް އަށް ވޯޓުދޭން ނަޝީދު ގޮވާލައިފި

ފައިނާ ފާއިޒް ، ދެން އޮންލައިން
ޑިމޮކްރެޓްސްގެ ކެމްޕޭނ ޖަލްސާގައި ރައީސް ނަޝީދު/ ފޮޓޯ: ދެން

ދިވެހި ގައުމާއި ރައްޔިތުންގެ ފައިދާއަށް ވިސްނައިގެން ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓުންނަށް ވޯޓުލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ގޮވާލައްވައިފިއެވެ.

Ads by Sosun Fihaara

ދަ ޑިމޮކްރެޓްސްގެ މަޖިލީސް ކެމްޕޭނު ނިންމަން ރާޅުގަނޑު ސަރަހައްދުގައި ''ފާރަވެރި މަޖިލީސް'' ނަމުގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ އާދިއްތަ ދުވަހު އޮންނަ އިންތިހާބުގައި ވޯޓުލާން ވާނީ ރާއްޖޭގެ ހާލަތަށް ވިސްނައިގެން ކަމަށެވެ. ވަގުތީ ފާއިދާއަށް އަމިއްލަ 'ޒަމީރު'' ދޫކުށްނުލަން އެމްޑީޕީގެ ކުރީގެ ރައީސްކަންވެސް ކުރެއްވި ނަޝީދު އިލްތިމާސް ކުރެއްވިއެވެ.

“މިވަގުތު ތިބޭފުޅުންނަށް ލިބިވަޑައިގަންނަވާ ވަގުތީ ފައިދާއެއް އޮވެދާނެ އެހެން ނަމަވެސް ވިސްނަވާ މުސްތަގްބަލް އޮތީ ތިބޭފުޅުން އަޅުގަނޑުމެން ގެންދިޔަ ހިސާބެއްގައި'' ރާއްޖެއިން ބޭރުގައި އެމަނިކުފާނު އުފެއްދެވި ބައިނަލް އަގުވާމީ ތިމާވެށީގެ ޖަމިއްޔާކަށް މަސައްކަތް ކުރެއްވުމަށް ފަސް މަހެއްހާ ދުވަސް އުޅުއްވުމަށް ފަހު މިއަދު މާލެ ވަޑައިގެންނެވި ނަޝީދު ވިދާޅުވިއެވެ.

މި ދައުރުގައި ހަތަރު އަހަރު މަޖިލީހުގެ ރައީސްކަން ކުރެއްވި ނަޝީދު ވިދާޅުވީ ރާއްޖޭގެ ސަލާމަތްތެރިކަން އޮތީ ރައްޔިތުން ނިންމި ގޮތެއްގައި ކަމަށާއި ރާއްޖޭ މިވަގުތު އޮތީ ދަރަނިވެރިވެ އެހެން ގައުމުތަކަށް ދަރަނި އަދާކުރަން ޖެހޭ ހާލުގައި ކަމަށެވެ. މި ހާލަތަން އަރައިގަތުމަށް މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށް މައްޗަންގޮޅި މެދު ދާއިރާގެ މެންބަރަކަށްވެސް މި ވަގުުތު ހުންނެވ ނަޝީދު ވިދާޅުވިއެވެ.

''ދިވެހިންގެ ކަންކަމަށް ހުރި ފައިސާ މަދުވެއްޖެ، ބޯހިޔާވެހިކަމަށް ހުރި ފައިސާ ނެތިއްޖެ''

ދަ ޑިމޮކްރެޓްސް އުފެއްދެވުމުގައި އިސްކޮށް އުޅުއްވި ނަޝީދު ވިދާޅުވީ ރާއްޖެއަށް ކުރިއެރުން އަންނަން އޮތް ގޮތަކީ ރައްޔިތުންގެ ތަނަވަސްކަމާއި ގުޅިފައި އޮތް ކަމެއް ކަމަށެވެ.

ދަައުލަތުން ދަރަންޏަށް ނަގާ ފައިސާގެ 20 ޕަސެންޓު ދަރަނި ދެއްކުމަށް ފަހު އުފެއްދުންތެރިކަމަށް ފައިސާ ހަރަދުކުރަން ޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Ads by HDC
  1. އަބްދޫ

    ދަރަނީގެ ބަލާ ދިވެހި ގައުމަށް ޖެއްސި މީހަކީ ތިޔައީ ގާނޫނާއި ހިލާފަށް ލިބުނު ގައިރުގާނޫނީ ވެރިކަމުގެ 3 އހަރުތެރޭ 16.5 ބިލިއަން ޓީބިލް ވިއްކާ ގައުމު ދަރަނިވެރިކޮށް ދަރަނ9ި 26 ބިލިއނަނަށް އެރުވި . އަތޮޅާއި ރަށްރަށުގެ ރައޔިތުންގެއެކައުންޓާއި ކޮމިޓީ މީހުންގެ ފައިސާ އާއެކު އަތޮޅުތަކުގެ އެމްއެމްއޭ ގަހުރި އެކަުއނޓްތަކުން 20 ބިލިއނަށް ވުރެ ގިނަ ރުފިޔާ ކާލައިފި. ބިދޭސީންގެ ޑޮޕޮޒިޓް 1.2 ބިލިއން ކާލި ދަވްލަތުގެ ރިޒާވް 254 މިލިއންޑޮލަރަށް ވީގޮތްވެސް ނޭގޭ. އިސްތިއުފާދިނީ ފިނެންސއަށް 2.5 ބިލިއން ރުފިޔާގެ ބިލް ފައިސާ ދައކަން ޖައްސާފަ 800 މިލިއންރުފިޔާ މުވައްޒަފުންނަށް މުސާރަނުދީ ހިފަހައްޓާފަ. ދިރާގާއި ފެންކުންފުންޏައި އެއާޕޯޓް ވިއްކާލާފަ. ގައުމަށް ކޮންކަހަކ ބޮޑުގެއްލުން މިކަލޭގެ ދީފާ ހުރީ އނގައޮތީމަ އެބަ ހަޅޭއްލަވައެއްނޫން.