ޚަބަރު

ގެއްލުނު ދޯނި ޑްރޯނުން ހޯދަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މަހަށް ނިކުމެ އުޅެނިކޮށް ގެއްލިގެން ހޯދާ ''ފަރިހި2"

މ. މަޑުއްވަރިން 2 މީހުންނާއެކު މަހަށް ނުކުމެ އުޅުނު "ފަރިހި 2" ދޯނި ހޯދުމުގެ މަސައްކަތް ވައިގެ މަގުން ފަށައިފިއެވެ.

Ads by STELCO

އެމްއެންޑީއެފުން ބުނީ މ. ރަތްމަންދޫ ބޭރުން ފަރުމަސް ބާނަން ނުކުތް ޑައިވިން ދޯންޏެއްގެ ހަބަރެއް ނުވެގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން، އެ ދޯނި ހޯދުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ.

މަޑުއްވަރީ ކައުންސިލުގެ ނައިބް ރައީސް އިބްރާހިމް ނިޝާން ''ދެން'' އަށް ވިދާޅުވީ އެއީ މަޑުއްވަރީ މީހެއްގެ ދޯންޏެއް ކަމަށްވިޔަސް މަހަށް ދިޔައީ އެހެން ރަށަކުން އައި ދެ ފިރިހެނުން ކަމަށެވެ. އެ މީހުންނާ ގުޅޭ އިތުރު މައުލޫމާތެއް އެނގިފައިނުވާ ކަމަށް ނިޝާން ވިދާޅުވިއެވެ.

އެމްއެންޑީއެފުން ބުނީ މ. މުލީގައި އޮންނަ ކޯސްޓްގާޑް ހާބާކްރާފްޓް 114 މިރޭގެ 23:20 އިން ފެށިގެން ދޯނި ހޯދުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.

''އެމްއެންޑީއެފް ވައި ބާރުން ވަނީ މިހާރު ދޯނި ހޯދުމަށްޓަކައި " ޔޫއޭވީ" އެ ސަރަހައްދަށް އުދުއްސާލައިފައި'' އެމްއެންޑީއެފުން ބުންޏެވެ.

ފުލުހުން ބުނީ, ހަބަރެއްނުވެ ވީނުވީއެއް ނޭނގި ގެއްލިފައިވާކަމުގެ މައުލޫމާތު މިރޭ 22:06 އެހާކަންހާއިރު ލިބިފައިވާ ކަމަށެވެ.

އެ ދޯންޏާއި އެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ އެމަޖެންސީ ނަންބަރު 119 އަށް ނުވަތަ ކޯސްޓްގާޑަށް ގުޅުއްވައި އެ މައުލޫމާތެއް ހިއްސާކުރަން ފުލުހުން އެދެއެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!