ދުނިޔެ

ބަނޑަށް ޖެހިގެން މަރުވި ދަރިފުޅުގެ ފުރާނަ ނެތް މަސްގަނޑުގެ ކައިރީގައި މަޔަކު ތިން ދުވަހު

އާއިޝަތު އަލީނާ ، ދެން އޮންލައިން

މަޔަކު ދަރިއަކަށް އޮންނަ ލޯތްބަކީ ތަފްސީލަކަށް ބޭނުންވާ ، އިތުރަށް ކިޔައިދޭން ޖެހޭނެ ވާހަކައެއް ނޫނެވެ. އަދި މަންމަގެ ލޯމަތީގައި ދަރިފުޅު މަރުވެގެންދާ މަންޒަރު ފެނުމަކީ ހިތަށް ކެތްވާނެ ކަމެއް ވެސް ނޫނެވެ. ނަމަވެސް އިންޑިއާގެ ޗެންނާއީގައި މަންއަކު މިވަނީ އޭނާގެ 7 އަހަރުގެ ދަރިފުޅުގެ ފުރާނަ ނެތް މަސްގަނޑާއެކު 3 ދުވަސް ވަންދެން ދިރިއުޅެފައެވެ.

Ads by Sosun Fihaara

އިންޑިޔާގެ ޚަބަރުތައް ގެނެސްދޭ ނޫހެއް ކަަމަށްވާ، "ޓައިމްސް އޮފް އިންޑިއާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިކަން ހިނގާފައިވަނީ އިންޑިއާގެ ޗެންނާއީގެ އަވަށެއް ތްރިދިވޫރްގައެވެ.

އެނޫހުން އެއަވަށުގެ މީހުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި މަރުވެފައިވަނީ، ސަރަސްވަތީ ނަމަކަށް ކިޔާ މީހެއްގެ ދަރިއެއް ކަމަށާއި އެމީހާ އުޅެމުން ދަނީ ވަކިން ގެއެއްގައި އޭނާގެ ދަރިފުޅާއެކުގައި ކަމަށެވެ. ސަރަސްވަތީ ވަނީ މީގެ 7 އަހަރު ކުރިން، އޭނާގެ ދަރިފުޅަށް މާބަނޑުވުމާއެކު ވަނީ ފިރިމީހާ ގާތުން ވަރިވެފައެވެ.

ފުލުހުން މިމައްސަލައިގައި ބުނެފައިވަނީ، ކުއްޖަކު މަރުވެފައިވާ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން އެކަން ތަޙްޤީޤް ކުރަމުން އަންނަ ކަމަށާއި އެކުއްޖާ މަރުވެފައި އޮއްވާ އަވަށްޓެރިއަކަށް ފެނިފައިވާ ކަމަށެވެ.

"ގެ ކައިރިން ވަރަށް ނުބައި ވަސް ދުވާތީ އަހަރެމެން ގެ ޗެކް ކުރަން ދިޔައީ. ސަރަސްވަތީއަކީ އާއްމުކޮށް މީހުންނާ ދުރުން އުޅޭ މީހުން، އެހެންވެ ނޭނގެ ކަމެއް ވެގެން އުޅޭ ކަމެއް." ފުލުހުންނަށް ދިން ބަޔާނުގައި އެއަވަށުން މީހަކު ވާހަކަ ދައްކަމުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މިކުއްޖާ މަރުވެފައި އޮއްވާ ފެނުމުން ޕޯސްޓް މޮޓަމް ހެއްދި ކަމަށާއި، ކުއްޖާ މަރުވެފައިވަނީ ކާނެ އެއްޗެއް ނުލިބުމުން ކަމަށް އެނގިފައިވާ ކަމަށެވެ.

ސަރަސްވަތީ އަކީ ސިކުނޑި ހަަމަ ނުޖެހޭ މީހެއް ކަމަށާއި މިހާރު އޭނާއަށް ފަރުވާ ދެމުން އަންނަ ކަމަށް ވެސް އެނޫހުން ބުނެއެވެ.

ކޮވިޑްއާ ގުޅިގެން އިންޑިއާގައި ބަނޑަށް ޖެހި އެތައް ބަޔަކު ކޮންމެ ދުވަހަކު ދަނީ މަރުވަމުންނެވެ. އިންޑިއާގެ ސަރުކާރުން މިފަރާތްތަކަށް އެހީތެރިވުމަށް އެކަށީގެންވާ މަސައްކަތްކުރަމުން ނާންނާތީ، އެޤައުމުގެ ސަރުކާރަށް ގިނަ ބައެއްގެ ފާޑު ކިޔުން ދަނީ އަމާޒުވަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!