ރައީސްގެ ގަރާރަކުން، ރަސްދު އާއި ތޮއްޑޫ އަށް ފަޅެއް

އއ ''މާފަޅު'' ފަޅުން ތޮއްޑޫ އަދި ރަސްދޫއަށް 200 ހެކްޓަރުގެ ސަރަހައްދު އިތުރު ކޮށް އެއީ އެ ދެ ރަށުގެ ބައެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ.
މިފަދައިން ކަނޑައެޅުއްވީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އެމަނިކުފާނަށް ގާނޫނުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ސޮއިކުރައްވާ ވަކި ވަކިން ނެރެއްވި ދެ ގަރާރަކުންނެވެ.
އެ ގަރާރުގައި ރައީސް ނިންމަވާފައިވަނީ އެ ފަޅުގެ އިރުމަތިން 200 ހެކްޓަރު ތޮއްޑޫގެ އިހުތިސާސުގެ ތެރޭގައި ހިމެނުއްވުމަށެވެ. އަދި އެއާ ޖެހިގެން އޮތް 200 ހެކްޓަރުގެ ބިން ރަސްދޫގެ އިހުތިސާސުގެ ތެރެއަށް އިތުރުކުރެއްވުމަށް ރައީސްގެ ގަރާރުގައި ނިންމާފައިވެއެވެ.
މި ރަށްރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވެހި ކަމުގެ މައްސަލައަށް ހައްލު ގެނައުމަށް އެ ރަށުގެ ބިން އިތުރުކުރުމަށްޓަކައި ހައުސިން މަޝްރޫތަކަށް ބޭނުންކުރެއްވުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.