ޚަބަރު

ނަހުލާއަށް 10 ޕަސެންޓް ވެސް ނުލިބުނު، ލިބުނީ ތިން ވަނަ!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިއްޔެ ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ނާކާމިޔާބީއާ ކުރިމަތި ލައްވައިފިއެވެ.

Ads by MWSC

މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމްގެ އަނބިކަނބަލުން ނަހުލާ ވާދަކުރެއްވީ ހުޅުމާލޭ ދެކުނު ދާއިރާއަށެވެ. އެ ދާއިރާއަށް ފަސް ކެނޑިޑޭޓަކު ކުރިމަތިލައްވާފައިވާއިރު, ނަހުލާއަށް ލިބިވަޑައިގަތީ ތިން ވަނައެވެ.

ހުޅުމާލޭ ދެކުނުގެ ގޮނޑި ކަށަވަރު ކުރެއްވީ އެމްޑީޕީގެ އަޙްމަދު ޝަމްހީދެވެ. އެއީ 1020 ވޯޓުންނެވެ. އޭނައާ އެންމެ ގާތުން ވާދަކުރި ޕީއެންސީގެ ޝާނީޒް ހާޝިމަށް ލިބިވަޑައިގަތީ 721 ވޯޓެވެ.

ތިން ވަނައިގައި އޮތް ނަހުލާއަށް ލިބިވަޑައިގަތީ 208 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 9.42 އިންސައްތައެވެ.

އިއްޔެގެ އިންތިޚާބުގައި ނަހުލާގެ ފިރިކަލުން ޤާސިމް އިބްރާހީމް ވަނީ ގޮނޑި ދިފާއު ކުރައްވާފައެވެ.

  1. މަރީ

    ހާދަ ބަޔަކަށް އަނިޔާ ދިނޭ މި މީހާ. ރުޝޫނާ ޖީބު ފުރައިދީގެން ޓްރާންސްޕޯޓަށް ވަދެ ކެއީ ހަމަ.