ވެމްކޯއަށް ދެވަނަ ޑީއެމްޑީއެއް އައްޔަންކޮށްފި

ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރަކު އައްޔަނު ކޮށްފިއެވެ.
މި މަގާމަށް ޝަހީދު އިބްރާހީމްއެވެ. އޭނާ މި މަގާމަށް ޢައްޔަނު ކޮށްފައިވަނީ އިއްޔެއެވެ.
ވެމްކޯއަށް ދެވަނަ ޑީއެމްޑީއެއް އައްޔަނު ކޮށްފައިވާއިރު އެ ކުންފުނީގެ ޑީއެމްޑީގެ މަގާމުގައި ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އަބްދުލް ކަރީމް ވެސް އެބަހުންނެވިއެވެ.
ވެމްކޯގެ މެނޭޖިން ޑިރެކްޓަރަކީ މާލޭ ސިޓީ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުޖުތަބާ ޖަލީލެވެ.