މޯލްޑިވިއަން އިން ރާއްޖެ އާއި ލަންކާއާ ދެމެދު ދަތުރުތައް ފަށައިފި

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއިން ރާއްޖެ އާއި ލަންކާއާ ދެމެދު ދަތުރުތައް ފަށައިފިއެވެ.
މި ދަތުރުތައް ފަށާފައި ވަނީ މިރޭއެވެ. އަދި ދަތުރުކުރަން ހަމަޖެހިފައި ވަނީ އޭ-320 މަރުކާގެ ބޯޓަކުންނެވެ.
ލަންކާ އާއި ރާއްޖެއާއި ދެމެދު ކުރާ ފުރަތަމަ ދަތުރު ކުރަން ހަމަޖެހިފައިވަނީ މިރޭ 23:30 ގައި އެވެ.
ލަންކާއާއި ރާއްޖެއާއި ދެމެދުކުރާ ދަތުރުތައް ކޮންމެ އާދިއްތަ އަދި ހޮނިހިރު ދުވަހަކު ކުރެވެމުން އަންނާނެއެެވެ.
ވެބްސައިޓާއި، މޯލްޑިވިއަންގެ އެޕް މެދުވެރިކޮށް ޓިކެޓް ބުކް ކުރެވޭނެ ކަމަށް ގައުމީ އެއާލައިނުން މައުލޫމާތުދެއެވެ.
މޯލްޑިވިއަންއިން އަންނަނީ ރާއްޖެއާއި އެހެން ގައުމުތަކާއި ދެމެދު ކުރެވެމުން އަންނަ ދަތުރުތައް އިތުރުކުރަމުންނެވެ.