އުރީދޫ "ހަދިޔާފޮށި"ގެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފި

މިއަހަރުގެ ރަމަޟާންމަހު އުރީދޫގެ ކަސްޓަމަރުންނަށް ކުރިއަށްގެންދިޔަ "ހަދިޔާފޮށި"ގެ އިނާމުތައް ހާސިލް ކުރި ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފިއެވެ.
އުރީދޫ ހެޑްކުއާޓާޒްގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި، ހަދިޔާފޮށީގެ އެންމެ ޚާއްސަ އިނާމު އެޕަލް ވިޝަން ޕްރޯ ލިބުނު ފަރާތަށްވަނީ އިނާމް ހަވާލުކޮށްފައެވެ.
އެޕަލް ވިޝަން ޕްރޯގެ އިތުރުން މޮބައިލް ފޯނު އަދި ޑިސްކައުންޓް ވައުޗަރ ވެސް ވަނީ ނަސީބުވެރި ކަސްޓަމަރުންނަށް ހަދިޔާކޮށްފައެވެ. ހަމަ މިއާއެކު، ޑޭޓާ ޕެކް، ގޭމިން ޕެކް، އަދި އިތުރު ގިނަ އިނާމުތަކެއް މިއަހަރުގެ ހަދިޔާފޮށީގައި ހިމަނިފައިވާކަމަށް އުރީދޫން ބުނެއެވެ.
އުރީދޫގެ ހަދިޔަ ފޮއްޓަކީ އުރީދޫ މޮބައިލް އެޕުގައި "ހަދިޔާ ފޮށި" ނަމުގައި ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގައި މޮބައިލް އެޕުން ކޮންމެ ކަސްޓަމަރަކަށް ވެސް ކޮންމެ 14 ގަޑި އިރަކުން ހަދިޔާ ފޮށި ހުޅުވުމުގެ ފުރުސަތު ދެއެވެ.