ޚަބަރު

ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ޝަރީއަތް ނިމެންދެން ބަންދަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު އިނގިރޭސީ ވިލާތު ރައްޔިތެއް ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

Ads by Sosun Fihaara

މި މައްސަލައާ ގުޅިގެން ބަންދުކުރީ އިނގިރޭސީ ވިލާތަށް ނިސްބަތްވާ 53 އަހަރުގެ މާރސެލް ރޮނަލްޑް ފެލޯސްއެވެ. މި މަހުގެ 3 ވަނަ ދުވަހު އޭނާ ރާއްޖެއައި އިރު ލަގެޖުން 7 ކިލޯގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ.

އޭނާގެ މައްޗަށް އުފުލާފައިވަނީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން / ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ.

އޭނާ ބަންދުގައި ބަހައްޓަން އަމުރުކުރީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ފެންނާތީ އާއި ޝަރީއަތްކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މައްދާގެ (ނ) ގެ 1 ވަނަ ނަންބަރާއި، 3 ވަނަ ނަންބަރު އަދި 4 ވަނަ ނަންބަރުގައި ހުރިކަންކަން ފުރިހަމަވާކަމަށް ބެލެވޭތީއެވެ.

ދާދިފަހުން ވަނީ ދިރުވާލައިގެން 40 ބުލެޓް މަސްތުވާތަކެތި އެތެރެކުރި މީހާކު ވެސް ހައްޔަރުކޮށްފައެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީ ހިތަދުއަށް ނިސްބަތްވާ އުމުރުން 47 އަހަރުގެ ފިރިހެނެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!